1 ޞަމޫއީލް 2:30 - ކިތާބުލް މުޤައްދަސާ30 ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި މާތްކަލާނގެ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިޙާނުތަކުންނެވެ. އެހެނީ ރަން ވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލާން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު ބޮޑެވެފައި މާ މުހިންމު ކަމަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ.