1 ޞަމޫއީލް 2:3 - ކިތާބުލް މުޤައްދަސާ3 ބޮޑާ ކަމާއެކު ފޮނިކެނޑުމުގެ ބަސްތަކުން ދޫ ރައްކާތެރިކުރޭ. އެހެނީ މާތްރަސްކަލާނގެ އަކީ ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހު. އެ ކަލާނގެއީ އަޅަމެންގެ އަމަލުތަކަށް ބައްލަވާ ވޮޑިގަންނަވައި އިންސާފު ކުރައްވާ ކަލާނގެ. အခန်းကိုကြည့်ပါ။ |
މަށަކަށް ނޭނގެއޭ ބުނެ ކަންކަމުން ރެކެން ނޫޅޭށެވެ. އެހެނީ މާތްރަސްކަލާނގެ ހުރިހާ ހިތްތަކެއް ދެނެވޮޑިގަންނަވެއެވެ. އަދި އެކަލާނގެ ހުރިހާކަމެއް ބައްލަވާ ވޮޑިގަންނަވައެވެ. ކަލޯގެ ފުރާނަ ބަލަހައްޓަވާ ފަރާތަށް ކަލޯ އެނގިވޮޑިގަންނަވައެވެ. އެމީހަކު ކުރި އަމަލެއްގެ ޙައްޤު ޖަޒާ އެމީހަކަށް އެކަލާނގެ ދެއްވާނެތެވެ.
މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ.
އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.
މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”މީހާގެ އިސްކޮޅާއި ބޭރުފުށަށް ނުބައްލަވާ. ތިމަންކަލާނގެ އޭނާ ޚިޔާރެއް ނުކުރައްވަން. މީހަކު އިސްކޮޅުން ދިގޭ ކިޔާފައި ތިމަންކަލާނގެ މީހަކު ނުއެއް ހޮއްވަވަން. ތިމަންކަލާނގެ ބައްލަވަނީ އިންސާނުން ފަދައަކުންނެއް ނޫން. އެހެނީ އިންސާނާ ބަލަނީ ބޭރުފުށަށް. ތިމަންކަލާނގެ ބައްލަވަނީ އޭނާގެ ހިތަށް.“