Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 2:25 - ކިތާބުލް މުޤައްދަސާ

25 އެކަކު އަނެކަކާ ދެމެދު ކުރާ އިހާނާތެއް ނަމަ މާތްކަލާނގެ އެކަމުގައި އެހީތެރިކަން ދެއްވާފާނެ. އެކަމަކު މާތްރަސްކަލާނގެއާ މެދު ކަލޭމެން ކުރާ އިހާނާތެއް ނަމަ އެހީތެރިވެ ދެވޭނީ ކާކަށް؟⁠“ ޢާލީގެ ދަރިން މި ނަސޭހަތެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން މަރުގެންނެވުމަށް މާތްރަސްކަލާނގެ އޭރު ވަނީ ހިންމަވައިފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 2:25
25 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އޫނާންގެ މި ނުބައިވެގެންވީ ޢަމަލާއިހެދި މާތްރަސްކަލާނގެ ރުހިވޮޑިގަތުން އޭނާއަކަށް ނުލިބުނެވެ. ދެން އެކަލާނގެ އޭނާގެ މަރު ހިއްޕެވިއެވެ.


ނަމަވެސް ޔަހޫޛާގެ ދޮށީ ދަރިފުޅު ޢީރުގެ ނުބައިވެގެންވީ އަޚުލާގުގެ ސަބަބުން މާތްރަސްކަލާނގެ އޭނާގެ މަރުހިއްޕެވިއެވެ.


ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.


ހެޔޮމަގުގައި ހުރެފައި އެނބުރިގެންފި މީހާއަށް އެކަލާނގެ އަދަބު ދެއްވައެވެ. ތަރުބިއްޔަތަށް ނަފްރަތު ކުރާ މީހާ މަރުވެ ނެތި ހިނގައިދާނެއެވެ.


ވިސްނައިދިނުމުން އެކަން އިސްލާހު ނުކުރާ މީހާ އަލުން އަނބުރާ ނާދެވޭވަރަށް ކުއްލިއަކަށް ހަލާކުވެ ހިނގައިދާނެއެވެ.


އެހެނީ ހަމައެކަނި ވޮޑިގެންވާ ފަރާތަކީ އެކަލާނގެއެވެ. އަދި މާތްރަސްކަލާނގެ އާއި އެކަލާނގެ އިންސާނުންނާއި ދެމެދު ސުލްޙަ ކުރެއްވުމުގެ ބާރު ލިބިގެން ވަނީ އިންސާނުންގެ ތެރެއިން ހަމައެކަނި އެންމެ މެދުވެރި އަކަށެވެ. އެއީ ހަމައެކަނި އީސާ އަލްމަސީޙުއެވެ.


ޙަޤީޤަތް އޮޅުން ފިލުމަށް ފަހު އަހަރެމެން ގަސްތުގައި ކުރަމުން މިގެންދާ ފާފައިން ސަލާމަތްވެވޭނެ ފަދަ އެއްވެސް ޤުރުބާނީއެއް ނެތެވެ.


އެފަދަ އަމަލުތައް ކުރާ މީހުންނަށް އޮތީ އަންނަންއޮތް އަދާލަތާމެދު ބިރުވެތިވެ މާތްރަސްކަލާނގެއާ ދެކޮޅުވެގަތް މީހުން ނައްތަވާލެވޭނެ ގަދަފަދަ އަލިފާނަށް އިންތިޒާރުކޮށްކޮށް ތިބުމެވެ.


މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.


އެހެންކަމުން ތިމަންކަލާނގެ ވަޢުދު ބަސް ބުނަން. ’⁠އެމީހުން ކުރާ އެއްވެސް ޤުރުބާނީއަކުން ނުވަތަ ކުރާ ވެދުމަކުން އެ އާއިލާގެ ކުށްތަކުން ބަރީއަ ވެއެއް ނުގަނެވޭނެ.⁠‘⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ