Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 2:22 - ކިތާބުލް މުޤައްދަސާ

22 މިހާރު ޢާލީ ވަނީ މުސްކުޅިވެފަ އެވެ. އޭނާގެ ދަރިން ބަނީއިސްރާއީލުގެ މީހުންނާމެދު ކަންތައް ކުރާ ގޮތާއި، މުޤައްދަސް ފޭލިގެކޮޅު ދޮރުމަތީގައި އުޅޭ މަސައްކަތު އަންހެނުންނާ އެކު ހިންގާ ނަހަމަ ގުޅުމުގެ ވާހަކަ އޭނާގެ ކަންފަތަށް އަރަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 2:22
10 ပူးပေါင်းရင်းမြစ်များ  

މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ. ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.


މި ބަޔާންކުރަނީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ތެރޭގައި ހިނގާދިޔަ ޙާދިސާތަކެވެ. ޔޫސުފުގެފާނުގެ އުމުރުފުޅުން ސަތާރަ އަހަރުގައި އެކަލޭގެފާނުގެ އެއްބަފާ އަޚުންނާއި އެކުގައި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި އުޅުއްވިއެވެ. އެއީ އެކަލޭގެފާނުގެ ބަފައިކަލުން ދެ ޖާރިޔާއިން ކަމުގައިވާ ބިލްހާ އާއި ޒިލްފާއާ ކައިވެނި ބައްލަވައިގަތުމަށް ފަހު ލިބިވަޑައިގަތް ދަރިންނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބޭބެމެން ކަންތައްތައް ކުރަމުން ގެންދާ ބައެއް ގޯސްކަންތަކުގެ ވާހަކަ ބަފައިކަލުންގެ އަރިހުގައި ދަންނަވައެވެ.


ބަޞަލީލު ދެން ހެދީ އަތް ފައި ދޮންނަ ބިލިގާ ތައްޓެއް ވެ. މި ބިލިގާއާއި އެ ބަހައްޓާ ހަރުގަނޑު ހަދާފައި ހުރީ ވެސް ކަފުލޮއިންނެވެ. މި ތައްޓާއި ހަރުގަނޑު ހަދަން ކަފުލޮއި ހަދިޔާ ކުރީ ފޭލިގެކޮޅުގެ ދޮރުމަތި ބަލަހައްޓަން ތިބޭ އަންހެންވެރިންނެވެ. މިކަމަށް އެމީހުން ގެންގުޅޭ ކަފުލޯ މޫނުބަލާ ލޯގަނޑުތައް ހަދިޔާކުރިއެވެ.


އޭނާ އެކުދިން ކުރެން އެއްސެވެ. ”⁠ކަލޭމެން މިކަހަލަ ވިޔާނުދާ ކަންތައް ކުރަނީ ކީއްވެ؟ ކަލޭމެން ކުރާ ނުބައި ކަންތަކުގެ ވާހަކަ މީސްމީހުން އައިސް އަހަރެންގެ ގާތުގައި އެބަ ބުނޭ.


ތިމަންކަލާނގެ އޭނާގެ އާއިލާއަށް އަބަދުގެ އަބަދަށް ނިޔާކަނޑައަޅުއްވާނެ ކަމުގެ އިންޒާރު ދެއްވިން. އެހެނީ ޢާލީގެ ދަރިން އެދަނީ ތިމަން ކަލާނގެއާ މެދު އިހާނާތްތެރި ވަމުން. އެކަން އޭނާއަށް ވެސް އެނގޭ. އެކަމަކު ޢާލީ އެކަން މާބޮޑު ކަމަކަށް ނުހެދި.


ޞަމޫއީލް މުސްކުޅިވުމުން އޭނާގެ ދަރިން އިސްރާއީލުގެ ވެރިންގެ ގޮތުގައި ހަމަޖައްސައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ