Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 2:2 - ކިތާބުލް މުޤައްދަސާ

2 އިނބަރަސްކަލާނގެ ފިޔަވައި މުޤައްދަސް ވަންތަ ކަލަކު ނުވޭ. އިނބަރަސްކަލާނގެ ފިޔަވައި ރައްކާތެރިކަމުގެ ނިވަލެއް ދެވޭނެ އެހެން ފަރާތެއް ނުވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 2:2
37 ပူးပေါင်းရင်းမြစ်များ  

އެކަލާނގެއަކީ މިއަޅާގެ ވެރި ރަސްކަލާނގެއެވެ. މިއަޅާއަށް ރައްކާ ތެރިކަން ދެއްވާ ހިލައެއް ފަދައިން އެކަލާނގެ މިއަޅާއަށް ނިވާކަން ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އައްޑަނައެވެ. މިއަޅާއަށް ހަމަލައެއް އަންނަ ކޮންމެ ވަގުތަކު އެ ހަމަލައަކުން މިއަޅާ ސަލާމަތް ކޮށް ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އުސް ކިއްލާއެވެ. މިއަޅާއަށް ރައްކާތެރިކަން ލިބޭ ޖަގަހައެވެ. އަނިޔާވެރި ދުޝްމަނުންގެ ކިބައިން އެކަލާނގެ މިއަޅާއަށް ރައްކާތެރިކަން ދެއްވައެވެ.


މާތްރަސްކަލާނގެ ފިޔަވައި އެހެން ކަލެއް ނުވެއެވެ. މާތްކަލާނގެ ނޫން އެހެން ގަލެއް ވެސް ނުވެއެވެ.


އިނބަރަސްކަލާނގެ މަތިވެރިކަން ކިހާ މަތިވެރިތޯ! ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން ފަރާތެއް ނުވޭ. އެފަދަކަލެއްގެ ވާހަކަ އަޅަމެންގެ ކަންފަތަށް އިވިފައިއެއް ވެސް ނުވޭ.


ކަލުންތަކުގެ ތެރޭގައި އިނބަރަސްކަލާނގެ ފަދަ ހުރީ ކޮން ކަލެއް ތޯ؟ އިނބަރަސްކަލާނގެ ޖަލާލުވަންތަ ކަމާއި މާތްކަމުގެ ކޮޅެއް ކޮބައިތޯ؟ މަތިވެރި ތިޔަފަދަ މުޢުޖިޒާތެއް ދެއްކޭނެ އެކަކު ވެސް ކޮބައިތޯ؟


މުޤައްދަސް ފަތްފުށްތަކުގައި މާތްކަލާނގެ ވަޙީ ކުރައްވާފައި އޮތީ މިހެންނެވެ. ”⁠ތިމަންކަލާނގެއަކީ ކީރިތިވަންތަ ކަލާނގެ. އެހެންކަމުން ތިޔަބައިމީހުން ވެސް ތިބެންވާނީ ކީރިތި ގޮތުގައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ