1 ޞަމޫއީލް 2:13 - ކިތާބުލް މުޤައްދަސާ13-14 މިހާރު މި އިމާމުންގެ ތެރޭގައި ކަންތައް ކުރެވޭ ގޮތަކީ ޤުރުބާނީގެ މަސް ކައްކަން އުދާފައި ހުންނަ ވަގުތު އިމާމުންގެ ޚާދިމުން އައިސް ތިން ކަށިލީ އުލެއް ތެއްޔަށް ގަންބައި އެއަށް އެމުނުނުހާ މަހެއް އިމާމުން އަމިއްލައަށް ނަގަނީ އެވެ. މިއީ ޝީލޫހަށް އަންނަ ހުރިހާ ބަނީއިސްރާއީލުގެ މީހުންނާ މެދު ވެސް ކަންތައް ކުރެވޭގޮތެވެ. အခန်းကိုကြည့်ပါ။ |
ތިމަން ކަލާނގެއަށްޓަކައި ޚާލިސްކޮށް އިސްރާއީލުގެ މީހުން ގެނައުމަށް އެންގުނު ޤުރުބާނީ ތަކެއްޗާއި މެދު ކަލޭމެން އިހާނާތްތެރި ވަނީ ކީއްވެ؟ ތިމަން ކަލާނގެއަށް ވުރެން ބޮޑަށް ކަލޭ ޤަދަރު ކުރަނީ ކަލޭގެ ދަރިންނަށް. ތިމަންކަލާނގެއަށް އިސްރާއީލީން ގެންނަ ވެދުންތަކުގެ އެންމެ ރަނގަޅުބައި ކައި ކައިގެން ކަލޭމެން ފަލަވަމުން ތިޔަ ދަނީ ކީއްވެތަ؟