Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 2:11 - ކިތާބުލް މުޤައްދަސާ

11 އަލްޤާނާ އެނބުރި ރާމާއަށް ދިޔައީ އެ ދަރިފުޅު ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރުމަށް ޢާލީގެ ގާތު ޝީލާހްގައި ބަހައްޓާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 2:11
7 ပူးပေါင်းရင်းမြစ်များ  

އަފްރާއިމުގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ރާމާތާއިމުއިންގައި އަލްޤާނާއޭ ކިއުނު މީހަކު އުޅުނެވެ. މީނާއަކީ އަފްރާއީމީ ދަރިކޮޅުގެ ޞޫފު އާއިލާގެ މީހެކެވެ. މީނާގެ ބައްޕައަކީ ޔަރޫހާމް އެވެ. ޔަރޫހާމްއަކީ އަލީހޫގެ ދަރިއެކެވެ. އަލީހޫއަކީ ތޫޙޫގެ ދަރިއެކެވެ. ތޫޙޫއަކީ ޞޫފުގެ ދަރިއެކެވެ.


އޭގެ އަނެއްދުވަހު ވަރަށް ހެނދުނާ އެ އާއިލާގެ އެންމެން އެކުގައި ތެދުވެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ފަހު އެނބުރި ރާމާއަށް ހިނގައްޖެއެވެ. އޭގެ ފަހުން އަލްޤާނާ އޭނާގެ އަންހެނުން ޙައްނާއާ އެކު ރޭކުރިއެވެ. މާތްރަސްކަލާނގެ ޙައްނާގެ މަތިން ހަނދުމަފުޅު ކުރެއްވިއެވެ.


އަޅުގަނޑު އައިސް މިހިރީ މިދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ވެދުމަށް އެރުވުމަށް. މި ދަރިފުޅުގެ މުޅި އުމުރަށް އެކަލާނގެ ކިބަފުޅަށް ހިބަކޮށް ހަދިޔާ ކުރުމަށް.⁠“ ދެން އެކުއްޖާ އެތަނަށް ދޫކޮށްލާފައި އެމީހުން އެތަނުގައި ތިބެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ.


ނަމަވެސް ޞަމޫއީލް މާތްރަސްކަލާނގެ އަށް ޚިދުމަތް ކުރުމުގައި ދެމިހުށްޓެވެ. އޭނާ ކުޑަޔަކަސް ހުންނަނީ ލިނެން ފޮތިން އިމާމުން ލާ ކަހަލަ އަފޫދު ހެދުމެއް ލާފައެވެ.


ޢާލީގެ ބެލުމުގެ ދަށުން ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދިޔަ ދުވަސްވަރު، މަދު ފަހަރަކު ނޫނީ ފާޅުވެ ވޮޑިގަތުމެއްގައި ވިޔަސް އަދި އެނޫން ގޮތެއްގައި ވިޔަސް މާތްރަސްކަލާނގެ މީސްތަކުންނާ ގުޅުމެއް ނުބާއްވައެވެ.


ޞަމޫއީލް ފަތިސް ވަންދެން އެނދުގައި އޮތެވެ. އޭނާ ތެދުވެ ގެކޮޅުގެ ދޮރު ހުޅުވައިފިއެވެ. އޭނާ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި ވާހަކަފުޅު އައިލީ ގާތު ބުނަން އޭނާ ޖެހިލުންވިއެވެ.


އެދަތުރުތަކަށް ފަހު ޞަމޫއީލްގެ ރަށް ކަމަށްވާ ރާމާއަށް އެނބުރި އާދެއެވެ. އެރަށުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނީ ވެދުން ކުރާނެ މަޤާމެއް ވެސް ހަދައި އިސްރާއީލުގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ