Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 2:1 - ކިތާބުލް މުޤައްދަސާ

1 ދެން ޙައްނާ ހަރުއަޑުން ދުޢާ ކުރިއެވެ. ”⁠މާތްރަސްކަލާނގެއަށްޓަކައި މިއަޅާގެ ހިތް އުފަލުން ފުރިގެން ހިނގައްޖެ. އިނބަރަސްކަލާނގެ އިރާދަފުޅުން މިއަޅާގެ ދުޝްމިނުންގެ ކުރިމަތީގައި އިސް އުފުލާލެވިއްޖެ. އެގޮތަކީ މިއަދު މާތްރަސްކަލާނގެ މިވަނީ މިއަޅާ ނަޖާ ކޮށްދެއްވާފަ. އެކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް މިއަޅާ ސަނާ ދަންނަވަން.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 2:1
37 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނާއި ބަނީއިސްރާއީލުގެ މީހުން މާތްރަސްކަލާނގެއަށް މިފަދައިން އެމީހުން ޙަމްދު ސަނާ ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެއަށް މިއަޅާ މިހެން މަދަހަސަނާ ދަންނަވަން. އެކަލާނގެއަކީ ކާމިޔާބު ދެއްވާ ޖަލާލުވަންތަ ކަލާނގެ. އެކަލާނގެ އަހާއި އަސްވާރު ކަނޑު ލެއްވި.


މަރިޔަމް ކިޔަމުން ދިޔައީ މި ލަވަ: ”⁠މާތްރަސްކަލާނގެއަށް މަދަހަސަނާ ކިޔަމާ ހިނގާ. އެހެނީ އެކަލާނގެ ޖަލާލަތުވަންތަ ކަމުގައި ކާމިޔާބު ވެއްޖެ. އަހާއި އަސްދުއްވާ މީހާ އެކަލާނގެ ކަނޑުލައްވައިފި.⁠“


މާތްރަސްކަލާނގެ މަތިވެރި ކުރެއްވި ރަސްގެފާނު ދާއޫދުގެފާނުގެ ދަރިކޮޅުން އަހަރެމެން ދިންނެވުމަށްޓަކައި މަތިވެރި ބޭކަލަކު ދުނިޔެއަށް އެބަފޮނުއްވާ.


އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.


މާތްސާހިބާ އާއިމެދު އަބަދުވެސް އުފަލުގައިވާށެވެ. އުފަލުގައި ވުމަށް ތަކުރާރުކޮށް ބުނަމެވެ.


ކަންތައްތަކާއިމެދުގައި ކަންބޮޑު ނުވާށެވެ. އަދި ކޮންމެ ކަމަކަށް އެދި ޝުކުރުވެރިކަމާއެކު މާތްރަސްކަލާނގެއަށް ދަންނަވާށެވެ.


ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނު ދެކެ ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ.


ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!


މާތްރަސްކަލާނގެ ޙައްނާއަށް ދަރިއަކު ދެއްވާފައި ނުވާތީ އޭނާގެ ހިތަށް ތަދު ކުރުމުގެ ބޭނުމުގައި ފަނިންނާ އޭނާއަށް ޖެއްސުން ކޮށް ހަދައެވެ.


މިކަންތައް ކޮންމެ އަހަރަކު ތަކުރާރު ވަމުން ދިޔައެވެ. ޙައްނާ މާތްރަސްކަލާނގެ ގެކޮޅަށް ދާ ކޮންމެ ފަހަރަކު ފަނިންނާ އޭނާއަށް ޖެއްސުން ކޮށް ރޮއްވާލައި ކާއެތިކޮޅު ވެސް ނުކެވޭވަރު ކޮށްލައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ