9 އަނެއްކާވެސް ޝާއުލްގެފާނަށް މާތްރަސްކަލާނގެ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. އޭރު ޝާއުލްގެފާނު އިންނެވީ ލޮންސިއެއް ހިއްޕަވައިގެން ނެވެ. ދާއޫދު ނަރުކޮއްޓި ކުޅެން އިނެވެ.
މިހާރު މާތްރަސްކަލާނގެ ރޫޙުފުޅު ވަނީ ޝާއުލްގެފާނުގެ ކިބައިން ގެންދަވާފައެވެ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ މައްޗަށް ފޮނުއްވާފައިވާ ބަދު ރޫޙެއްގެ ސަބަބުން އެކަލޭގެފާނަށް ދުއްތުރާތަކާ ކުރިމަތިވަމުން ދިޔައެވެ.
ޝާއުލްގެފާނުގެ އަރިހުބޭކަލުން ބުނަމުން ދިޔައެވެ. ”ބައްލަވާ! ކަލޭގެފާނަށް ތިޔަ ކުރިމަތިވެ ވަޑައިގަންނަވަނީ މާތްކަލާނގެ ފޮނުއްވި ބަދު ރޫޙެއްގެ ދުއްތުރާތަކެއް.
ތިޔަ ކަންތައް ލައިގަންނަ ވަގުތު އޫދު ކުޅޭނެ މީހަކު ހޯދައިގެން ގެނައުމުގެ އަމުރުފުޅު ދެއްވާ. މާތްކަލާނގެ ބަދު ރޫޙު ފޮނުއްވާ ވަގުތު އޫދު ކުޅެންފެށީމާ ކަލޭގެފާނަށް ލުއިކަން ލިބިވަޑައި ގަންނަވާނެ.“
ފިލިސްޠީނުން އަނެއްފަހަރު ހަނގުރާމައަށް އަތުވެއްޖެއެވެ. ދާއޫދު ނުކުމެ އެމީހުނާ ހަނގުރާމަ ކޮށްލި ވަރުގަދަ ކަމުން އެމީހުން އޭނާގެ ކުރިމަތިން ދުވެ ފިލައިފި އެވެ.
ޝާއުލްގެފާނަށް ދާއޫދުމެން ވީތަން އެނގުނު ޚަބަރު ލިބިވަޑައިގެންފި އެވެ. އޭރު އެކަލޭގެފާނު އިންނެވީ ޖިބްޢާގެ ފަރުބަދަތަކުގެ ތެރޭ ތަމަރިސްކު ގަހެއްގެ ދަށުގައެވެ. އަތްޕުޅުގައި ލޮންސި އޮތެވެ. ރަސްގެފާނުގެ ހުރިހާ އަރިހުބޭކަލުން އެންމެން ވެސް އެތަނުގައި ތިއްބެވެ. ރަސްގެފާނު އެމީހުންނަށް ވިދާޅުވިއެވެ.