Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 19:8 - ކިތާބުލް މުޤައްދަސާ

8 ފިލިސްޠީނުން އަނެއްފަހަރު ހަނގުރާމައަށް އަތުވެއްޖެއެވެ. ދާއޫދު ނުކުމެ އެމީހުނާ ހަނގުރާމަ ކޮށްލި ވަރުގަދަ ކަމުން އެމީހުން އޭނާގެ ކުރިމަތިން ދުވެ ފިލައިފި އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 19:8
8 ပူးပေါင်းရင်းမြစ်များ  

ދާއޫދު ދިޔަ ކޮންމެ ހަނގުރާމައެއް ވެސް ކާމިޔާބު ވެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ އޭނާއާ އެކުގައެވެ.


ފިލިސްޠީނުން އައިސް ހަނގުރާމަކޮށް ހަދައެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް ދާއޫދު އެ ހަނގުރާމައެއް ފަތަޙަ ކުރެއެވެ. އަދި ރަސްގެފާނުގެ އެހެން ހުރިހާ ހަނގުރާމަވެރި އޮފިސަރުންނަށް ވުރެން ކުރިހޯދައެވެ. ނަތީޖާއަކަށް ވީ ދާއޫދު އިތުރަށް ނަން މަޝްހޫރު ވެގެން ދިއުމެވެ.


ދެން ޔޫނަތައިން ދާއޫދަށް ގޮވައި ގެނެސް އެހުރިހާ ވާހަކައެއް ދާއޫދަށް ކިޔައިދިނުމަށް ފަހު ޝާއުލްގެފާނު އަރިހަށް ގެނެސްފިއެވެ. އަދި ޝާއުލްގެފާނުގެ ގާތަށް އޭނާ ގޮސް ކުރިއެކޭ އެއްފަދައިން އެކަލޭގެފާނުގެ އަރިހުގައި އުޅެން ފަށައިފިއެވެ.


އަނެއްކާވެސް ޝާއުލްގެފާނަށް މާތްރަސްކަލާނގެ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. އޭރު ޝާއުލްގެފާނު އިންނެވީ ލޮންސިއެއް ހިއްޕަވައިގެން ނެވެ. ދާއޫދު ނަރުކޮއްޓި ކުޅެން އިނެވެ.


ދެން ދާއޫދުއާއި އޭނާގެ މީހުން ޤަޢީލާއަށް އަރައި ފިލިސްޠީނުންނަށް ހަމަލަދީ އެމީހުންގެ އެތައް ބަޔަކު މަރާލައި ޖަނަވާރުތައް އަތުލައި އެރަށް ސަލާމަތް ކޮށްފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ