Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 19:7 - ކިތާބުލް މުޤައްދަސާ

7 ދެން ޔޫނަތައިން ދާއޫދަށް ގޮވައި ގެނެސް އެހުރިހާ ވާހަކައެއް ދާއޫދަށް ކިޔައިދިނުމަށް ފަހު ޝާއުލްގެފާނު އަރިހަށް ގެނެސްފިއެވެ. އަދި ޝާއުލްގެފާނުގެ ގާތަށް އޭނާ ގޮސް ކުރިއެކޭ އެއްފަދައިން އެކަލޭގެފާނުގެ އަރިހުގައި އުޅެން ފަށައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 19:7
10 ပူးပေါင်းရင်းမြစ်များ  

އަދި ކުރީގައި އޮތްފަދަ ގާތް ގުޅުމެއް މިފަހަކަށް އައިސް ލަބާން އެކަލޭގެފާނާއިމެދުގައި ނުބާއްވާ ކަން ޔައުޤޫބުގެފާނަށް ފާހަގަ ކުރެވުނުމެއެވެ.


ނަމަވެސް މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އާދޭސް ދެންނެވިއެވެ. ”⁠ސާހިބުވަންތަ ކަލާކޯ! މިއަޅާއަކީ ދޫ ނުފަރިތަ މީހެއް. ކުރިން ވެސް އަދި މިހާރު ވެސް މިއަޅާއަކީ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއް ނޫން. މިއަޅާއަކީ ދޫކޮށި މީހެއް.⁠“


ދާއޫދު އައުމުން އެކަލޭގެފާނުގެ ޚާދިމުންގެ ތެރެއަށް އޭނާ ލެއްވިއެވެ. ޝާއުލްގެފާނު ދާއޫދާމެދު ހިތްޕުޅާ ހަމަވީވަރުން އެކަލޭގެފާނުގެ ހަތިޔާރު އުފުލާ މީހާގެ މަޤާމު އޭނާއަށް ދެއްވިއެވެ.


ދެން މާތްކަލާނގެ ޝާއުލްގެފާނުގެ މައްޗަށް ގަދަފަދަ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. ޝާއުލްގެފާނު އޮބިނޯވެގެން ގޭތެރޭގައި މޮޔަގޮވަން ފައްޓަވައިފިއެވެ. އެވަގުތު އެހެންޏާ ވެސް ފަދައިން ދާއޫދު އައިސް ނަރުކޮއްޓި ކުޅެން ފަށައިފިއެވެ. އޭރު ވެސް ޝާއުލްގެފާނުގެ އަތްޕުޅުގައި އޮންނަ ލޮންސި އޮތެވެ.


އެހެން ކަމުން ދާއޫދުއާ އެއްހާސް ސިފައިން ހަވާލުކޮށް ހަނގުރާމައަށް ފޮނުއްވައިފިއެވެ. ދާއޫދު އޭނާގެ މީހުން ގޮވައިގެން ހަނގުރާމައަށް ހިނގައްޖެވެ.


ޝާއުލްގެފާނު އެދުވަހުން ފެށިގެން ދާއޫދު އެކަލޭގެފާނުގެ ބައްޕަގެ ގާތަށް ނުފޮނުއްވައި އެކަލޭގެފާނުގެ ގާތު ބެހެއްޓެވިއެވެ.


ޝާއުލްގެފާނު ޔޫނަތައިންގެ ވާހަކަ އަޑުއަހާފައި ހުވާ ކުރެއްވިއެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން. ދާއޫދު މަރައެއް ނުލާނަން.⁠“


ފިލިސްޠީނުން އަނެއްފަހަރު ހަނގުރާމައަށް އަތުވެއްޖެއެވެ. ދާއޫދު ނުކުމެ އެމީހުނާ ހަނގުރާމަ ކޮށްލި ވަރުގަދަ ކަމުން އެމީހުން އޭނާގެ ކުރިމަތިން ދުވެ ފިލައިފި އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ