Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 19:5 - ކިތާބުލް މުޤައްދަސާ

5 އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ޖުލިޔާތު ގަތުލު ކުރި. އަދި މާތްރަސްކަލާނގެ ބަނީ އިސްރާއީލުންނަށް އެވަރުގެ ކާމިޔާބެއް ދެއްވީމާ ބައްޕަވެސް އުފާފުޅު ކުރެއްވި. މިހާރު ދާއޫދު ކަހަލަ ކުށެއްނެތް މީހަކު މަރައިގެން އެ ފާފަ އިސްތަށިފުޅުގައި އަޅުއްވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 19:5
26 ပူးပေါင်းရင်းမြစ်များ  

އެކަމަކު އަލްޢާޒަރު ވަރުބަލިވެ ލޮޑުވީ އިރު ވެސް އަތުން ކަނޑި ދޫކޮށް މައިދާން ދޫކޮށެއް ނުލިއެވެ. އޭނާ އެގޮތުގައި ފިލިސްޠީނީންނާ ހަނގުރާމަކުރަމުން ގެންދިޔައެވެ. އެދުވަހު މާތްރަސްކަލާނގެ އިސްރާއީލީންނަށް ވަރަށް ބޮޑު ކާމިޔާބެއް ދެއްވިއެވެ. އަލްޢާޒަރު ހަނގުރާމަ ފަތަޙަ ކުރިފަހުން މީހުން އެތަނަށް ދިޔައީ މަރުވެފައިތިބި މީހުންގެ ތަކެތި ނެގުމަށެވެ.


އެކަމަކު މޫސާގެފާނު ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ. ހަމަ ޖެހިގެން ތިބޭ. މާތްރަސްކަލާނގެ މިއަދު ކަލޭމެން ސަލާމަތް ކުރައްވާތަން ބަލަން ތިބޭ. މިއަދު ކަލޭމެންނަށް މިފެންނަ މިޞްރު މީހުންނެއް ދެނެއް ކަލޭމެންނަކަށް ނުފެންނާނެ.


އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”⁠މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.⁠“


”⁠މަޢުސޫމު ކުށެއްނެތް އިންސާނަކަށް މަރުގެ އަދަބު ދިނުމުގައި އަހަރެން ފާފަވެރި ވެއްޖައީމު.⁠“ އިމާމުން ޖަވާބުގައި ބުންޏެވެ. ”⁠ތިޔައީ އަހަރެމެންނަކާ ބެހޭކަމެއް ނޫން. އެކަމާމެދު ކަލޭ ކުރާނެ ކަމެއް ކަލޭ ކުރޭ؟⁠“


މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ މިބަސްފުޅު ވެސް ތެދަކަށް ވެއްޖެ. އެއީ ލިޔެވިގެންވޭ. ’⁠އެމީހުން އަހަރެންދެކެ ރުޅިއައިސް ނަފްރަތުކުރީ އެއްވެސް ސަބަބަކާއި ނުލައޭ.⁠‘


އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.


ސަބަބަކީ އޭނާ މަރުވުމެކޭ އެއްފަދައިން ބަލިވެ ދިޔައީ އަލްމަސީޙަށްޓަކައި ކުރަމުން ދިޔަ މަސައްކަތުގެ ތެރޭގައެވެ. ފުރާނަ އަތްމައްޗަށް ލައިގެންވީ ޙާލުގައި އޭނާގެ ޚިދުމަތް އަހަންނަށްޓަކައި ދިނީ ތިޔަބައިމީހުންގެ ފަރާތުން އަހަންނަށް ޚިދުމަތް ކުރުމުގައެވެ.


މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.


ޝާއުލް ވިދާޅުވިއެވެ. ”⁠މިއަދު އެކަކު ވެސް މަރައިގެން ނުވާނެ. މިއަދަކީ މާތްރަސްކަލާނގެ ބަނީއިސްރާއީލުންނަށް ނަސްރު ދެއްވި ދުވަސް.⁠“


ދެން މީސްތަކުން ދެންނެވިއެވެ. ”⁠އިސްރާއީލީންނަށް އެހާ މަތިވެރި ފަތަޙައެއް ހޯދައި ދީފައި އެ ވަނީ ޔޫނަތައިންގެ ހިއްވަރުން. އެހާވަރުގެ ކަމެއް ކޮށްދިން މީހާ ވެސް މަރާލަން ޖެހޭނެ ތޯ؟ ލާހިކަ ކުޅަދާނައެއް ނޫން. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރަން. އަހަރެމެން އޭނާގެ ބޮލުން އިސްތައްޓެއް ވެސް ކެނޑިޔަކަ ނުދޭނަން. އެގޮތަކީ މިއަދު އޭނާ އެވަރުގެ ކާމިޔާބެއް ކޮށްފައި އެވަނީ އެކަލާނގެ ދެއްވި މަދަދާއެކު.⁠“ މިހެން ބުނެ އެމީހުން ޔޫނަތައިން މަރުން ސަލާމަތް ކޮށްފިއެވެ.


ޝާއުލްގެފާނު ޔޫނަތައިންގެ ވާހަކަ އަޑުއަހާފައި ހުވާ ކުރެއްވިއެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން. ދާއޫދު މަރައެއް ނުލާނަން.⁠“


ޔޫނަތައިން ދަންނަވައިފިއެވެ. ”⁠އޭނާ މަރާލަން ޖެހެނީ އޭނާ ކުރި ކޮން ކުށަކާހެދި ތޯ؟⁠“


”⁠ދާއޫދަށް ވުރެން މަނިކުފާނަށް ވަފާތެރި ވާނީ ކާކުތޯ؟ އޭނާ އަކީ މަނިކުފާނުގެ އިސް ހަށިފާރަވެރިޔާ. އަދި މަނިކުފާނުގެ ދަނބި ދަރިފުޅު. އަދި ސިފައިންގެ ލަޝްކަރުގައި އޭނާއަށް ވުރެން އިސް މަޤާމެއްގައި ހުރީ ކާކުތޯ؟


އަންހެންމީހާ ޝާއުލްގެފާނު ގާތަށް އައި އިރު އެކަލޭގެފާނަށް ވެފައިވާ ވަރު ފެނުމުން އޭނާ ދެންނެވިއެވެ. ”⁠ސާހިބުގެ ޚާދިމާ އަޅުގަނޑު ކަންތައް ކުރީ ސާހިބަށް ކިޔަމަންވުމުގެ ގޮތުން. އަޅުގަނޑުގެ ފުރާނަ އަތް މައްޗަށް ލައިގެން ކަލޭގެފާނު އެންގެވި ކަންތައް މިކުރީ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ