1 ޞަމޫއީލް 19:24 - ކިތާބުލް މުޤައްދަސާ24 ދެން ޞަމޫއީލްގެފާނުގެ ކުރިފުޅުމަތީގައި ވަޖިދުވެ ނަށްޓަވަމުން ގޮސް ހެދުންކޮޅު ބާލުއްވައި ބިންމައްޗަށް ވެއްޓިވަޑައިގެން އެތަނުން އެދުވަހާއި އެރޭ އަމަށުން އޮންނަވައިފިއެވެ. ”ޝާއުލް އަކީ ވެސް ނަބީއެއް ހޭ“ މީހުން ކިޔަނީ މިހެންވެއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު ދާއޫދުގެފާނުގެ އާއިލާއަށް ހެޔޮ ދުޢާ ދެންނެވުމަށް ގެއަށް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ނުކުމެއްޖެއެވެ. މީކާލް ފޫހިކަމާއެކު ދެންނެވިއެވެ. ”އިސްރާއީލީންގެ ރަސްގެފާނު މިއަދު ހާދަ ހުތުރު ވައްތަރުތަކެއް ޖައްސައިފިޔޭ. ކަލޭގެ އަރިސް މީހުންގެ އަޅު އަންހެނުންތަކުގެ ކުރިމަތީގައި އޮރިޔާންވެ އެއުޅުނީ އެންމެ ވިޔާ ނުދާ ލަދުކުޑަ ސޮހޮލެއްހެން؟“
ޝާއުލްގެ ވާހަކަތައް އަޑު އެހި ކޮންމެ މީހަކު ހައިރާންވެ ބުނެއެވެ. ”މީނާ މިއީ ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގި މަގުން އުޅުނު މީހުން ނައްތާލަން ގަދައަޅާ މަސައްކަތް ކުރި މީހާއެއް ނޫން ހޭ؟ އަދި އަހަރެމެންނަށް އިވިފައިވާ ގޮތުގައި މީނާ މި ރަށަށް އައީ ވެސް އީސާގެފާނު ގަބޫލު ކުރާ އެންމެން ހައްޔަރުކޮށްގެން ބޮޑު އިމާމުންގެ ކައިރިއަށް ގެންދަން.“