Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 19:23 - ކިތާބުލް މުޤައްދަސާ

23 އެކަލޭގެފާނު އެތަނަށް ވަޑައިގަންނަވަނިކޮށް މާތްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ވެސް ފޮނުއްވައިފިއެވެ. އެކަލޭގެފާނު ހަޅޭއްފުޅު ލައްވައި ވަޖިދުވަމުން އެހިސާބަށް ވަޑައިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 19:23
14 ပူးပေါင်းရင်းမြစ်များ  

ކަންތައް ރާވަނީ އިންސާނާއެވެ. ކަންތައް ކުރެވޭނެ ގޮތް މެދުވެރި ކުރައްވަނީ މާތްރަސްކަލާނގެއެވެ.


ރަސްގެފާނުގެ ހިތެކޭ މާތްރަސްކަލާނގެ އިރާދަފުޅާ އެއްގޮތަށް ދެމެމުން އަންނަ ކޯރެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވި ކޮޅަކަށް އެކޯރުގެ ފެންގަނޑު ދެމެމުން ދާނެއެވެ.


ޤިޔާމަތް ދުވަހުގައި ގިނަބަޔަކު އަހަރެން ގާތު ބުނާނެ، ’⁠މާތްސާހިބާ، މާތްސާހިބާ، ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން ޣައިބު ބަސްތައް ނީއްވަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން މީހުންގެ ހަށިގަނޑުން ޖިންނިތައް ބޭރު ނުކުރަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ގިނަގުނަ މުޢުޖިޒާތްތައް ތިމަންމެން ނުދައްކަމުތޯ އޭ.⁠‘


އޭނާ މި ބުނިއްޔަކީ އޭނާގެ އަމިއްލަ ބަސްތަކެއް ނޫނެވެ. އެ ދުވަސްވަރު އެންމެ މަތީ އިމާމަކަށް ހުރި މީހެއްގެ ގޮތުން އޭނާ އެބުނީ ޣައިބުގައި އެކަންތައް ވާން އޮތް ގޮތުގެ ވާހަކައެވެ. އޭނާ ބުނެފައި ވަނީ އީސާގެފާނުގެ ޤައުމަށްޓަކައި އަވަހާރަވެ ވަޑައިގަންނަވާނެކަމަށެވެ.


ޝާއުލް ޖިބްޢާ ފަރުބަދައާ ހަމަޔަށް ގޮސް އެ ނަބީންތަކާ ބައްދަލުވި ހިނދު މާތްކަލާނގެ ރޫޙުފުޅު އޭނާގެ މައްޗަށް ވެރިވެ އަތްގަދަ ކުރެއްވުމާއެކު ޝާއުލް ވެސް ވަޖިދުވާން ފަށައިފިއެވެ.


ފަރުބަދަ މަތީގެ މީހަކު ޖަވާބު ދިނެވެ. ”⁠ކީއްވެ އޭނާ ނަބީއަކަށް ނުވާންވީ؟ ދެން އެތިއްބެވި ބޭކަލުންނަކީ ވަކި ކޮން އާއިލާއަކުން އައި ބައެއްތަ؟⁠“ އޭގެ ފަހުން ”⁠ޝާއުލްއަކީ ވެސް ނަބީބޭކަލެއްތަ؟⁠“ މި ބަސް ހަރު ވެއްޖެއެވެ.


އެވަގުތު ކަލޭގެފާނުގެ މައްޗަށް ވެސް މާތްރަސްކަލާނގެ ރޫޙުފުޅު ވެރިވެ ވޮޑިގަންނަވާނެ. އަދި ކަލޭގެފާނު މުޅީން އެހެން މީހަކަށް ބަދަލުވެ އެމީހުންނާއެކު ޣައިބުބުނަން ފައްޓަވާފާނެ.


ދެން މާތްކަލާނގެ ޝާއުލްގެފާނުގެ މައްޗަށް ގަދަފަދަ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. ޝާއުލްގެފާނު އޮބިނޯވެގެން ގޭތެރޭގައި މޮޔަގޮވަން ފައްޓަވައިފިއެވެ. އެވަގުތު އެހެންޏާ ވެސް ފަދައިން ދާއޫދު އައިސް ނަރުކޮއްޓި ކުޅެން ފަށައިފިއެވެ. އޭރު ވެސް ޝާއުލްގެފާނުގެ އަތްޕުޅުގައި އޮންނަ ލޮންސި އޮތެވެ.


ޝާއުލްގެފާނުގެ އަތްދަށުން ސަލާމަތްވެގެން އޭނާ ދިޔައީ ޞަމޫއީލްގެފާނު ގާތަށް ރާމާ އަށެވެ. އަދި ޝާއުލްގެފާނު އޭނާއާ ދޭތެރޭ ކުރެއްވި ހުރިހާ ކަންތަކެއްގެ ވާހަކަ ކިޔައިދީފި އެވެ. ދެން ޞަމޫއީލްގެފާނާއި އެކު އޭނާ ނައިވަތަށް ގޮސް އެތަނުގައި ހުރެއްޖެއެވެ.


ދެން އޭނާ ބަލާ ޝާއުލްގެފާނުގެ މީހުން ފޮނުއްވައިފިއެވެ. އެމީހުންނަށް ޞަމޫއީލްގެފާނު ނަބީބޭކަލުންގެ ތެރޭގައި އިސްވެ ހުރެ ވަޖިދުވަމުން ދާތަން ފެނުމުން މިމީހުންގެ މައްޗަށް މާތްކަލާނގެ މާތްރޫޙުފުޅު ފޮނުއްވުމުން މި މީހުން ވެސް އެފަދައިން ހަޅޭއްލަވައި ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ.


އެންމެފަހުން ޝާއުލްގެފާނު އަމިއްލަފުޅަށް ރާމަތަށް ވަޑައިގެންނެވި މަގުމަތީގައި ސީޚޫގެ ވަޅުގެ ކައިރިއަށް ވަޑައިގެން ޞަމޫއީލާއި ދާއޫދު ކޮބައިހޭ ސުވާލު ކުރެއްވިއެވެ. އެމީހުން ދެންނެވިއެވެ. ”⁠ރާމާގެ ކައިރީގައިވާ ނައިވަތުގައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ