Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 19:17 - ކިތާބުލް މުޤައްދަސާ

17 ޝާއުލްގެފާނު މީކާލަށް ވިދާޅުވިއެވެ. ”⁠ކަލޭ އަހަންނަށް ކެހި ދިނީ ކީއްވެތަ؟ އަހަރެންގެ އަދާވާތްތެރިޔާ ކަލޭ ތިޔަ ދިޔަ ދިނީ ކީއްވެ؟⁠“ މީކާލް ދެންނެވިއެވެ. ”⁠އޭނާ ފިލައި ރައްކާވާން އެހީ ނުވެއްޖެއްޔާ އަޅުގަނޑު މަރާލާނަމޭ ބުނުމުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 19:17
10 ပူးပေါင်းရင်းမြစ်များ  

ދެން އަބްޝާލޫމްގެ ސިފައިން އަންހެންމީހާގެ ގާތަށް އައިސް އެހިއެވެ. ”⁠އަޚީމައާސްއާއި ޔޫނަތައިން ކޮބައިތަ؟⁠“ އަންހެންމީހާ ބުންޏެވެ. ”⁠އެމީހުން އެއޮތް ފެންނަ ކޯރު ހުރަސްކޮށް ހިނގައްޖެ.⁠“ ދެން އަބްޝާލޫމްގެ ސިފައިން ޔޫނަތައިންއާއި އަޚީމައަސް ފެނޭތޯ ހޯދަން ހިނގައްޖެއެވެ. އެމީހުން ހޯދާހޯދާ ވެސް ނުފެނިގެން ސިފައިންގެ މީހުން އެނބުރި ޖެރޫސަލަމަށް ހިނގައްޖެއެވެ.


އަބްނައިރު އަނެއްކާވެސް އިންޒާރު ދީފިއެވެ. ”⁠މަގޭ ފަހަތުން ނާދޭ! އަހަރެން ލައްވާ ކަލޭ މަރުވާން ތިޔަ އުޅެނީ ކީއްވެ؟ އޭރުން ކަލޭގެ ބޭބެއާ އަހަރެން ހަތަރުކަޅި ހަމަ ކުރާނީ ކިހިނެއް؟⁠“


އިރުމަތިން އައި ނަކަތްތެރިން ހެރޮދަށް އޮޅުވާލުމުން އޭނާ ނުހަނު ރުޅިއައެވެ. ވުމާއެކު، ބައިތުލަޙަމް އާއި އަދި މުޅި އެހިސާބުގެ ވަށައިގެންވާ ކައިރި ސަރަހައްދުތަކުގައި ތިބި ދެ އަހަރުގެ ހުރިހާ ކުޑަ ފިރިހެން ކުދިން ނޫނީ އެ އުމުރަށް ވުރެން ހަގު ފިރިހެން ކުދިން ގަތުލު ކުރުމަށް ހެރޮދު އޭނާގެ ލަޝްކަރުންނަށް އަމުރު ނެރުނެވެ. މި ގޮތަށް މިކަން ކުރަން އޭނާ ނިންމީ އެ ނަކަތްތެރިންގެ ފަރާތުން އޭނާއަށް އެނގިގެންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.


އަހަރެން ކަލޭމެންގާތު ތެދު ބުނާތީ މިހާރު ކަލޭމެން ދެކެނީ އަހަރެން މީ ކަލޭމެންގެ ދުޝްމިނެއް ކަމުގައެވެ.


ޝާއުލްގެފާނު އޭނާ ބަލާ ފޮނުއްވީމާ މީކާލް ބުންޏެވެ. ”⁠އޭނާ އޮތީ ބަލިވެ.⁠“


އެމީހުން އެތެރެއަށް ވަދެ ބަލާލިއިރު އޮތީ ބޯލާކޮޅުގައި ބަކަރި ކެހެރި ގަނޑެއް ބާއްވާފައިވާ ބުދެކެވެ.


ދެން ރަސްގެފާނުގެ ހަށިފާރަވެރިންނަށް އެންގެވިއެވެ. ”⁠މާތްރަސްކަލާނގެ އިމާމުން މަރާލާ. އެއީ ދާއޫދު އަހަރެންނާ ދެކޮޅުވެރިވެ ފިލައިގެން ދިއުމަށް މިމީހުން އެހީވެ އެކަން ނާންގައި ތިބީމަ.⁠“ އެކަމަކު ރަސްގެފާނުގެ އަރިހުބޭކަލުންގެ ތެރޭން އެކަކު ވެސް މާތްރަސްކަލާނގެ އިމާމުން މަރާލާކަށް އަތެއް ނު އުފުލި އެވެ.


އަންހެންމީހާއަށް ޞަމޫއީލްގެފާނު ފެނުމާއެކު އަޑުގައި ނެތް ތަނަށް ހަޅޭއްލަވައި ގެންފައި ބުންޏެވެ. ”⁠ކަލޭގެފާނު އަޅުގަނޑަށް އޮޅުވާ ލެއްވީ ކީއްވެ؟ ތިއީ ޝާއުލްގެފާނު!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ