1 ޞަމޫއީލް 19:1 - ކިތާބުލް މުޤައްދަސާ1 ޝާއުލްގެފާނު ޔޫނަތައިން އަށާއި އެކަލޭގެފާނުގެ އަރިސް މީހުންނަށް ދާއޫދު މަރާލަން އެންގެވިއެވެ. އެހެނަސް ޔޫނަތައިން ދާއޫދާ މެދު ނުހަނު ރުހިގެން ވިއެވެ. အခန်းကိုကြည့်ပါ။ |
ދެން އެމީހުން އިޝްބޫސަތުގެ ބޯ ބުރި ހިފައިގެން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އައިސް އެމީހުން ރަސްގެފާނަށް ދެންނެވިއެވެ. ”ނިކަން ބައްލަވާ! މިއޮތީ ސާހިބު މަރާލަން އުޅުއްވި އަދާވާތްތެރިޔާ ޝާއުލްގެފާނުގެ ދަރިކަލުންގެ ބޯ! މިއަދު މާތްރަސްކަލާނގެ ޝާއުލްގެފާނުގެ އާއިލާގެ ކިބައިން ކަލޭގެފާނަށް ބަދަލު ހިއްޕަވާ ދެއްވައިފި!“
ރަސްގެފާނު އެމީހުންނަށް އަމުރު ކުރެއްވިއެވެ. ”ގޮސް ބުނޭ ކައިވެނީގެ ރަނަކަށް ރަސްގެފާނު ބޭނުންފުޅުހާ ވެސް އެއްޗަކީ ސަތޭކަ ފިލިސްޠީނުން މަރައި އެމީހުންގެ ޚިތާނު ކުރެވުނު ކަމުގެ ނިޝާނޭ. އެއީ އަދާވާތްތެރިންގެ ކިބައިން ބަދަލު ހިފުމަށޭ.“ ޝާއުލްގެފާނުގެ ރޭއްވެވުމަކީ ދާއޫދު ފިލިސްޠީނުންގެ އަތްދަށު ކޮށް މަރާލުމެވެ.