Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 18:7 - ކިތާބުލް މުޤައްދަސާ

7 އެމީހުން ލަވަ ކިޔަމުން ދިޔައިރު މިހެން ވެސް ކިއެވެ: ”⁠ޝާއުލް މެރީ ހާސް މީހުން! ދާއޫދު މެރީ ދިހަހާސް މީހުން!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 18:7
8 ပူးပေါင်းရင်းမြစ်များ  

އެކަމަކު އެމީހުން ދެންނެވިއެވެ. ”⁠ނޫން! އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުމެންނާއެކު ވަޑައިގަންނަވައިގެން ނުވާނެ. އަޅުގަނޑުމެން މައިދާނުން ފިލަން ދުއްވައިގަތަސް އަބްޝާލޫމުގެ މީހުން އަޅުގަނޑުމެންނަކާ އަޅައެއް ނުލާނެ. އަޅުގަނޑުމެންގެ ލަޝްކަރުގެ ދެބައިކުޅައެއްބައި މީހުން މަރުވިޔަސް އެމީހުންނަކަށް ނުފުދޭނެ. އެމީހުންގެ ގާތުގައި ދިހަހާސް މީހުންނަށް ވުރެން ކަލޭގެފާނުގެ އަގު މާބޮޑުވާނެ. ކަލޭގެފާނު ސަހަރުން ނުކުމެ ވަޑައިނުގެން މަޑުކޮށްލުން މާ ރަނގަޅުވާނެ. އަދި އަހަރެމެންނަށް ކަމެއްދަމެއް ބޮޑުވިޔަސް ކަލޭގެފާނުގެ އެހީ އަޅުގަނޑުމެންނަށް ލިބޭނެ.⁠“


މި ބަސްތައް މި ލިޔަނީ ޔައްސާގެ ދަރި ދާއޫދުގެފާނެވެ. މިއީ މާތްކަލާނގެ މަތީ މަޤާމު ދެއްވެވި ބޭކަލެއްގެ ބަސްފުޅެވެ. އޭނާއަކީ ޔަޢުޤޫބުގެފާނުގެ ކަލާނގެ ރަސްކަން ދެއްވާފައިހުރި ބޭކަލެކެވެ. މިއީ އިސްރާއީލީންނަށްޓަކައި ރީތި މަދަހަ ހައްދަވައި ވިދާޅުވެ އުޅުއްވި ކަލޭގެފާނު ވެސް މެއެވެ.


ދާއޫދުގެފާނާއި އިސްރާއީލުގެ މީހުން ފޮށިކޮޅުގެ ކުރިމަތީގައި ނަށަމުން އައެވެ. އަދި އެމީހުން މިއުޒިކްގެ އާލާތްތައް ވެސް ކުޅެމުން ދެއެވެ. އޭގެ ތެރޭގައި، އޫދު، ތާރަ، ގިގުނި، ކުޑައޫދު ސިމްބަލް ހިމެނެއެވެ.


މަރިޔަމް ކިޔަމުން ދިޔައީ މި ލަވަ: ”⁠މާތްރަސްކަލާނގެއަށް މަދަހަސަނާ ކިޔަމާ ހިނގާ. އެހެނީ އެކަލާނގެ ޖަލާލަތުވަންތަ ކަމުގައި ކާމިޔާބު ވެއްޖެ. އަހާއި އަސްދުއްވާ މީހާ އެކަލާނގެ ކަނޑުލައްވައިފި.⁠“


އޭނާ ދިއުމުން އަރިހުބޭކަލުން ބުނެއްޕެވެ. ”⁠މިއެއް ނޫންތަ އިސްރާއީލުގެ ބިމުގެ ރަސްގެފާނަކީ؟ މީނާ އަކަށް ނޫންތަ އިސްރާއީލީންގެ އަންހެނުން ލަވަ ހަދައިގެން ކިޔައި ނަށަމުން ގެންދިޔައީކީ؟ އެމީހުން ކިޔެއް ނޫންތަ؟ ’⁠ޝާއުލް މެރީ ހާސް މީހުންނޭ ދާއޫދު މެރީ ދިހަހާސް މީހުންނޭ.⁠‘⁠“


މިމީހުން މިހެން ކިޔަން ފެށީމާ ރަސްގެފާނު ދެކެ ދާއޫދު ވަރަށް ބިރުގެންފިއެވެ.


ތިޔަ ދާއޫދަކަށް ނޫންތަ އިސްރާއީލީން ނަށައި ލަވަކިޔައި ހަދާފައި ވަނީ؟⁠“ ”⁠ޝާއުލް މެރީ ހާސް މީހުން، ދާއޫދު މެރީ ދިހަހާސް މީހުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ