29 އެހެން ކަމުން އެކަލޭގެފާނު ދާއޫދު ދެކެ އަދި ވަކިން ބޮޑަށް ބިރުގަންނަން ފަށައިފިއެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނެވިހާތައް ދުވަހު ޝާއުލްގެފާނު ހުންނެވީ ދާއޫދުގެ އަދުއްވެއްގެ ގޮތުގައެވެ.
އެހެންވެ އެދުވަހުން ފެށިގެން ބަނީއިސްރާއީލުގެ ވެރިން އީސާގެފާނު އަވަހާރަކޮށްލުމުގެ ރޭވުންތައް ރާވަން ފަށައިފިއެވެ.
ވޮޑިގެންވަނީ އެންމެ ކަލާނގެ އެއްކަމުގައި ތިބާ ގަބޫލުކުރަމުހޭ؟ އެންމެ ރަނގަޅު! ހަމައެކަނި ވޮޑިގެންވަނީ އެންމެ ކަލާނގެއެއް ކަމާއިމެދުގައި ޖިންނި ޝައިތާނުން ވެސް ގަބޫލު ކުރޭ. އަދި އެތަކެތި ބިރުން ފިތްކަނޑައިގެން ގޮސް ތުރުތުރު އަޅާ!
މާތްރަސްކަލާނގެ ޝާއުލްގެފާނު ދޫކުރައްވައި ދާއޫދާއި އެކުގައި ވޮޑިގެންވާތަން ފެނުމުން އެކަލޭގެފާނު ހުންނެވީ ވަރަށް ބިރުފުޅު ގެންފައެވެ.
ދާއޫދަށް މި ލިބޭ ކާމިޔާބީ ފެނިފައި ޝާއުލްގެފާނު އަދި މާބޮޑަށް ބިރުފުޅު ގެންފިއެވެ.
ޝާއުލްގެފާނަށް ދާއޫދާއެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން އެނގިވަޑައި ގަންނަވައެވެ. އަދި އެކަލޭގެފާނުގެ ދަރިކަނބަލުން ވެސް އޭނާ ދެކެ ލޯބިވާކަން ވެސް އެނގިވަޑައި ގަންނަވައެވެ.
ފިލިސްޠީނުން އައިސް ހަނގުރާމަކޮށް ހަދައެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް ދާއޫދު އެ ހަނގުރާމައެއް ފަތަޙަ ކުރެއެވެ. އަދި ރަސްގެފާނުގެ އެހެން ހުރިހާ ހަނގުރާމަވެރި އޮފިސަރުންނަށް ވުރެން ކުރިހޯދައެވެ. ނަތީޖާއަކަށް ވީ ދާއޫދު އިތުރަށް ނަން މަޝްހޫރު ވެގެން ދިއުމެވެ.