Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 18:28 - ކިތާބުލް މުޤައްދަސާ

28 ޝާއުލްގެފާނަށް ދާއޫދާއެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން އެނގިވަޑައި ގަންނަވައެވެ. އަދި އެކަލޭގެފާނުގެ ދަރިކަނބަލުން ވެސް އޭނާ ދެކެ ލޯބިވާކަން ވެސް އެނގިވަޑައި ގަންނަވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 18:28
10 ပူးပေါင်းရင်းမြစ်များ  

އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ ވޮޑިގެން ވަނީ ކަލޭގެފާނާއި އެކުގައިކަން މިހާރު އަހަރެމެންނަށް ޔަޤީންވެއްޖެ. އެހެންވީމާ ކަލޭގެފާނާއި އަހަރެމެންނާއި ދެމެދު ސުލްޙައިގެ މުޢާހަދާއެއް އޮތުމަށް އަހަރެމެން އެދެމު.


އެހެނަސް ލަބާން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެން ދޫކޮށްފައި ނުދޭ. މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ބަރަކާތް ލެއްވީ ތިބާ މިތަނުގައި ވުމުންކަން އަހަރެންގެ ފާލުން އެނގިއްޖެ.


ޔޫސުފުގެފާނާއި އެކުގައި މާތްރަސްކަލާނގެ ވޮޑިގެންވެ، އެކަލޭގެފާނު ކުރައްވާ ކޮންމެ ކަމެއްގައިމެ މާތްރަސްކަލާނގެ ކާމިޔާބު ދެއްވާކަން ފޫޠީފާރުއަށް ފާހަގަ ކުރެވުނެވެ.


ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.


އޭރު ޝާއުލްގެފާނުގެ އަނެއް ދަރިކަނބަލުން މީކާލް ވަނީ ދާއޫދުއާ ހިތާވެފައެވެ. ޝާއުލްގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަމާ ވަރަށް އުފާފުޅު ވެއްޖެއެވެ.


ދާއޫދުއާއި އޭނާގެ ބައިވެރިން ގޮސް ދުއިސައްތަ ފިލިސްޠީނުން މަރައި އެވިދާޅުވި ފަދައިން ކަންތައް ކޮށްފިއެވެ. ރަސްގެފާނު މި ކަން ކަށަވަރު ކުރެއްވުމަށް ފަހު މީކާލްއާއި ދާއޫދު ކައިވެނި ކުރުވައި ދެއްވައިފިއެވެ.


އެހެން ކަމުން އެކަލޭގެފާނު ދާއޫދު ދެކެ އަދި ވަކިން ބޮޑަށް ބިރުގަންނަން ފަށައިފިއެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނެވިހާތައް ދުވަހު ޝާއުލްގެފާނު ހުންނެވީ ދާއޫދުގެ އަދުއްވެއްގެ ގޮތުގައެވެ.


އަހަންނަށް ވެސް އެނގޭ އިސްރާއީލުގެ ރަސްކަން ލިބޭނީ ކަލެއަށް ކަން. އަދި އިސްރާއީލުގެ ރަސްކަން ގާއިމުވެގެން ދާނީ ކަލޭގެ ވެރިކަމުގައި ކަން.


ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ ދާއޫދު. ކަލެއަށް ބަރަކާތް ހުރި. ކަލެއަށް ނަސްރު ލިބި ކުރި އަރައިގެން ދާނެ.⁠“ ދެން ދާއޫދު ދާނެ ދިމާއަކަށް ހިނގައްޖެއެވެ. ޝާއުލްގެފާނު ރަށަށް ވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ