1 ޞަމޫއީލް 18:25 - ކިތާބުލް މުޤައްދަސާ25 ރަސްގެފާނު އެމީހުންނަށް އަމުރު ކުރެއްވިއެވެ. ”ގޮސް ބުނޭ ކައިވެނީގެ ރަނަކަށް ރަސްގެފާނު ބޭނުންފުޅުހާ ވެސް އެއްޗަކީ ސަތޭކަ ފިލިސްޠީނުން މަރައި އެމީހުންގެ ޚިތާނު ކުރެވުނު ކަމުގެ ނިޝާނޭ. އެއީ އަދާވާތްތެރިންގެ ކިބައިން ބަދަލު ހިފުމަށޭ.“ ޝާއުލްގެފާނުގެ ރޭއްވެވުމަކީ ދާއޫދު ފިލިސްޠީނުންގެ އަތްދަށު ކޮށް މަރާލުމެވެ. အခန်းကိုကြည့်ပါ။ |
އިސްރާއީލު މީހުން އެދުވަހު ތިބީ ނުތަނަވަސްކަން މަތީގައެވެ. އެހެނީ ޝާއުލްގެފާނު އެމީހުންނާ ހުވައެއް މަތިކުރައްވައިފިވެ. ”އެކަކު ވެސް މިއަދު އިރުއޮއްސުމުގެ ކުރީގައި އަދާވާތްތެރިން ބަލިކޮށްފައި ނޫނީ އެއްޗެއް ކައިބޮއި ހަދައިފި މީހަކަށް ލަޢުނަތް ހުރި.“ އެހެންވެ އެދުވަހު އެކަކު ވެސް ކާއެއްޗެއް ނުކައެވެ.
ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”މިހިރީ އަހަރެންގެ ދޮށީ ދަރިފުޅު މައިރަބު. ކަލޭ ކައިވެނި ކުރުމަށް އޭނާ ދޭން މިއުޅެނީ. އަހަރެން ކަލޭގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މާތްކަލާގެއަށް ޓަކައި ކުރަންޖެހޭ ހަނގުރާމަތައް ހިތްވަރާއެކު ކަލޭ ކޮށްދިނުން.“ މިއީ ޝާއުލްގެފާނުގެ ރޭއްވެވުމެކެވެ. އެކަލޭގެފާނު ހިތްޕުޅުގައި އޮތީ މިހެންނެވެ. ”އަހަރެންގެ އަތުން މީނާ މަރައެއް ނުލާނަން. އެކަންތައް ކުރުވާނީ ފިލިސްޠީނުން ލައްވާ.“