1 ޞަމޫއީލް 18:23 - ކިތާބުލް މުޤައްދަސާ23 މިވާހަކަ ދާއޫދުގެ ގާތުގައި އެމީހުން ބުނުމުން އޭނާ ބުންޏެވެ. ”ރަސްގެފާނުގެ ދަރިކަނބަލަކާ ކައިވެނި ކުރެވުމަކީ ވަރަށް ބޮޑު ޝަރަފެއް. އެކަމަކު ތިއީ އަހަރެން ކަހަލަ ފަގީރު ނިކަމެތި މީހަކާ އެކަށީގެންވާ ވަރުގެ ކަމެއް ނޫން.“ အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.
ދެން ޝާއުލްގެފާނުގެ އަރިހުބޭކަލުންނަށް އެންގެވިއެވެ. ”ދާއޫދު އެކަނި ބަހައްޓައިގެން އޭނާ ގާތު މިވާހަކަ ކަލޭމެން ދައްކާ ބަލަ. ބުނޭ، ’ރަސްގެފާނު ހުންނެވީ ކަލެއާ މެދު ވަރަށް ރުހި ވަޑައިގެންނޭ. އަދި އެކަލޭގެފާނުގެ އަރިހުބޭކަލުން ވެސް ކަލެއާ އެހާ ގަބޫލޭ. މިއީ އެ ރަސްގެފާނުގެ ދަރިކަނބަލަކާ ކަލޭ ކައިވެނި ކުރަން ރަނގަޅު ދަނޑިވަޅެކޭ.‘“