1 ޞަމޫއީލް 18:22 - ކިތާބުލް މުޤައްދަސާ22 ދެން ޝާއުލްގެފާނުގެ އަރިހުބޭކަލުންނަށް އެންގެވިއެވެ. ”ދާއޫދު އެކަނި ބަހައްޓައިގެން އޭނާ ގާތު މިވާހަކަ ކަލޭމެން ދައްކާ ބަލަ. ބުނޭ، ’ރަސްގެފާނު ހުންނެވީ ކަލެއާ މެދު ވަރަށް ރުހި ވަޑައިގެންނޭ. އަދި އެކަލޭގެފާނުގެ އަރިހުބޭކަލުން ވެސް ކަލެއާ އެހާ ގަބޫލޭ. މިއީ އެ ރަސްގެފާނުގެ ދަރިކަނބަލަކާ ކަލޭ ކައިވެނި ކުރަން ރަނގަޅު ދަނޑިވަޅެކޭ.‘“ အခန်းကိုကြည့်ပါ။ |
”އަހަރެން އޭނާއާ އެ ދަރިކަނބަލުން ދެވާނަން.“ ޝާއުލްގެފާނު ހިތްޕުޅާ ހިތްޕުޅުން ވިދާޅުވިއެވެ. ”އޭރުން އެކުއްޖާ ލައްވާ ދާއޫދުގެ ބޮލަށް އެރުވައިގެން ފިލިސްޠީނުން ލައްވާ އޭނާ މަރާލެވިދާނެ.“ އެހެންވެ އަނެއް ފަހަރު ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”މިއަދު އަނެއްކާވެސް ކަލެއަށް އަހަރެންގެ ދަނބިދަރިއަކަށް ވުމުގެ ފުރުސަތު ލިބިއްޖެ.“