Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 18:20 - ކިތާބުލް މުޤައްދަސާ

20 އޭރު ޝާއުލްގެފާނުގެ އަނެއް ދަރިކަނބަލުން މީކާލް ވަނީ ދާއޫދުއާ ހިތާވެފައެވެ. ޝާއުލްގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަމާ ވަރަށް އުފާފުޅު ވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 18:20
5 ပူးပေါင်းရင်းမြစ်များ  

”⁠އެންމެ ރަނގަޅު.⁠“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކަންތައް ހަމަޖައްސާނަން. އެކަމަކު އަހަރެންގެ ޝަރުތެއް އެބޮތް. ޝާއުލް ރަސްގެފާނުގެ ދަރިކަނބަލުން މީކާލް ގޮވައިގެން ނޫން ގޮތަކަށް އަހަރެންގެ މޫނު ފެންނަ ހިސާބަށް ކަލޭ އައިސްގެން ނުވާނެ!⁠“


މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ.


އެއަށް ފަހު ދާއޫދުގެފާނުގެ އާއިލާއަށް ހެޔޮ ދުޢާ ދެންނެވުމަށް ގެއަށް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ނުކުމެއްޖެއެވެ. މީކާލް ފޫހިކަމާއެކު ދެންނެވިއެވެ. ”⁠އިސްރާއީލީންގެ ރަސްގެފާނު މިއަދު ހާދަ ހުތުރު ވައްތަރުތަކެއް ޖައްސައިފިޔޭ. ކަލޭގެ އަރިސް މީހުންގެ އަޅު އަންހެނުންތަކުގެ ކުރިމަތީގައި އޮރިޔާންވެ އެއުޅުނީ އެންމެ ވިޔާ ނުދާ ލަދުކުޑަ ސޮހޮލެއްހެން؟⁠“


ޝާއުލްގެފާނުގެ ފިރިހެން ދަރިންނަކީ ޔޫނަތައިންއާއި ޔަޝްވީއާއި މަލްކިޝޫޢު އެވެ. އެކަލޭގެފާނުގެ ދޮށީ އަންހެން ދަރިފުޅުގެ ނަމަކީ މައިރަބު އެވެ. ހަގު އަންހެން ދަރިފުޅަކީ މީކާލްއެވެ.


ޝާއުލްގެފާނަށް ދާއޫދާއެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން އެނގިވަޑައި ގަންނަވައެވެ. އަދި އެކަލޭގެފާނުގެ ދަރިކަނބަލުން ވެސް އޭނާ ދެކެ ލޯބިވާކަން ވެސް އެނގިވަޑައި ގަންނަވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ