2 ޝާއުލްގެފާނު އެދުވަހުން ފެށިގެން ދާއޫދު އެކަލޭގެފާނުގެ ބައްޕަގެ ގާތަށް ނުފޮނުއްވައި އެކަލޭގެފާނުގެ ގާތު ބެހެއްޓެވިއެވެ.
ދާއޫދު އޭނާގެ ބައްޕަގެ ބަކަރިތައް ބެލެހެއްޓުމުގައި އެހީތެރިވުމަށް ބައެއް ދުވަސް ދުވަހަށް ބައިތުލަޙަމަށް ގޮސް އުޅެއެވެ.
ދެން ޔޫނަތައިން ދާއޫދަށް ގޮވައި ގެނެސް އެހުރިހާ ވާހަކައެއް ދާއޫދަށް ކިޔައިދިނުމަށް ފަހު ޝާއުލްގެފާނު އަރިހަށް ގެނެސްފިއެވެ. އަދި ޝާއުލްގެފާނުގެ ގާތަށް އޭނާ ގޮސް ކުރިއެކޭ އެއްފަދައިން އެކަލޭގެފާނުގެ އަރިހުގައި އުޅެން ފަށައިފިއެވެ.