1 ޞަމޫއީލް 18:17 - ކިތާބުލް މުޤައްދަސާ17 ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”މިހިރީ އަހަރެންގެ ދޮށީ ދަރިފުޅު މައިރަބު. ކަލޭ ކައިވެނި ކުރުމަށް އޭނާ ދޭން މިއުޅެނީ. އަހަރެން ކަލޭގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މާތްކަލާގެއަށް ޓަކައި ކުރަންޖެހޭ ހަނގުރާމަތައް ހިތްވަރާއެކު ކަލޭ ކޮށްދިނުން.“ މިއީ ޝާއުލްގެފާނުގެ ރޭއްވެވުމެކެވެ. އެކަލޭގެފާނު ހިތްޕުޅުގައި އޮތީ މިހެންނެވެ. ”އަހަރެންގެ އަތުން މީނާ މަރައެއް ނުލާނަން. އެކަންތައް ކުރުވާނީ ފިލިސްޠީނުން ލައްވާ.“ အခန်းကိုကြည့်ပါ။ |
އޭރު އެތާ ތިބި އިސްރާއީލީންގެ ތެރޭން ބަޔަކު ބުނެއްޕެވެ. ”މިހިރަ އަންނަ މީހާ ފެނޭތަ؟ މިއީ އިސްރާއީލީން ބަލި ކުރަން އައިސް ހުރި ޖުލިޔާތަކީ. މީނާ ބަލި ކޮށްފި މީހަކަށް ރަސްގެފާނު ވަރަށް ބޮޑު އިނާމެއް ކަނޑައަޅާފަ އިވޭ. ރަސްގެފާނުގެ އަންހެން ދަރިފުޅާ ވެސް ދެވާނެ. އަދި އޭނާގެ ބައްޕަގެ އާއިލާ އިސްރާއީލުންނަށް ދައްކަން ޖެހޭ ޓެކްސް ވެސް ކަނޑާލާނެ.“
”އަހަރެން އޭނާއާ އެ ދަރިކަނބަލުން ދެވާނަން.“ ޝާއުލްގެފާނު ހިތްޕުޅާ ހިތްޕުޅުން ވިދާޅުވިއެވެ. ”އޭރުން އެކުއްޖާ ލައްވާ ދާއޫދުގެ ބޮލަށް އެރުވައިގެން ފިލިސްޠީނުން ލައްވާ އޭނާ މަރާލެވިދާނެ.“ އެހެންވެ އަނެއް ފަހަރު ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”މިއަދު އަނެއްކާވެސް ކަލެއަށް އަހަރެންގެ ދަނބިދަރިއަކަށް ވުމުގެ ފުރުސަތު ލިބިއްޖެ.“
ރަސްގެފާނު އެމީހުންނަށް އަމުރު ކުރެއްވިއެވެ. ”ގޮސް ބުނޭ ކައިވެނީގެ ރަނަކަށް ރަސްގެފާނު ބޭނުންފުޅުހާ ވެސް އެއްޗަކީ ސަތޭކަ ފިލިސްޠީނުން މަރައި އެމީހުންގެ ޚިތާނު ކުރެވުނު ކަމުގެ ނިޝާނޭ. އެއީ އަދާވާތްތެރިންގެ ކިބައިން ބަދަލު ހިފުމަށޭ.“ ޝާއުލްގެފާނުގެ ރޭއްވެވުމަކީ ދާއޫދު ފިލިސްޠީނުންގެ އަތްދަށު ކޮށް މަރާލުމެވެ.