Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 18:13 - ކިތާބުލް މުޤައްދަސާ

13 އެހެން ކަމުން ދާއޫދުއާ އެއްހާސް ސިފައިން ހަވާލުކޮށް ހަނގުރާމައަށް ފޮނުއްވައިފިއެވެ. ދާއޫދު އޭނާގެ މީހުން ގޮވައިގެން ހަނގުރާމައަށް ހިނގައްޖެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 18:13
7 ပူးပေါင်းရင်းမြစ်များ  

ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.⁠“


ރަސްގެފާނު އެމީހުންނަށް އަމުރު ކުރެއްވިއެވެ. ”⁠ގޮސް ބުނޭ ކައިވެނީގެ ރަނަކަށް ރަސްގެފާނު ބޭނުންފުޅުހާ ވެސް އެއްޗަކީ ސަތޭކަ ފިލިސްޠީނުން މަރައި އެމީހުންގެ ޚިތާނު ކުރެވުނު ކަމުގެ ނިޝާނޭ. އެއީ އަދާވާތްތެރިންގެ ކިބައިން ބަދަލު ހިފުމަށޭ.⁠“ ޝާއުލްގެފާނުގެ ރޭއްވެވުމަކީ ދާއޫދު ފިލިސްޠީނުންގެ އަތްދަށު ކޮށް މަރާލުމެވެ.


”⁠ބަންޔާމީންގެ ދަރިކޮޅު ފިރިހެނުންނޭވެ. ޔައްސާގެ ދަރި ކަލޭމެންނަށް ގޮވާން ދަނޑުތަކާއި މޭބިސްކަދުރު ދަނޑުތައް ދޭނެތަ؟ ސިފައިންގެ ތެރޭގައި ކަލޭމެންގެ ދަރަޖަ މަތިވެރި ކޮށް މަތީ މަޤާމު ދޭނެ ތަ؟


އަދި ކޮންމެ އެއްހާސް ސިފައިންނަކަށް ސަރުދާރުންލައި، ކޮންމެ ފަންސާސް މީހުންގެ މައްޗަށް އޭގެ ތެރޭން ބަޔަކު ވެރި ކުރުވައި، ކަލޭމެންގެ ދަރިން ލައްވައި ރަސްގެފާނުގެ ދަނޑުތަކުގައި ފަސްގަނޑު ޖައްސައި، ދަނޑުގޮވާން ކުރުވައި، ހަތިޔާރު ހައްދައި، އަސްގާޑިޔަލަށް ބޭނުންވާ ތަކެތި ހައްދުވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ