Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 18:12 - ކިތާބުލް މުޤައްދަސާ

12 މާތްރަސްކަލާނގެ ޝާއުލްގެފާނު ދޫކުރައްވައި ދާއޫދާއި އެކުގައި ވޮޑިގެންވާތަން ފެނުމުން އެކަލޭގެފާނު ހުންނެވީ ވަރަށް ބިރުފުޅު ގެންފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 18:12
23 ပူးပေါင်းရင်းမြစ်များ  

މިހާރު ދާއޫދުގެފާނުގެ ބާރުފުޅު ގަދަވަމުން ދިޔައެވެ. އެހެނީ އެކަލޭގެފާނާއެކު ކުޅަދުންވަންތަ މަތިވެރިރަސްކަލާނގެ ވޮޑިގެން ވޭމެއެވެ.


އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.


ދެން މިބައިމީހުން ބިރުން އީސާގެފާނަށް އާދޭސްކޮށް ދެންނެވީ އެބައިމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމަށެވެ. އީސާގެފާނު އެތަނުން ވަޑައިގަތުމަށްޓަކައި ދޯންޏަށް އަރައިވަޑައިގަންނަވަނިކޮށް ޖިންނިތަކުގެ ބާރުގެ ދަށުން ސަލާމަތް ކުރެވުނު މީހާ އެކަލޭގެފާނާއިއެކު ދިއުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް އީސާގެފާނު މިކަމާމެދު އިންކާރު ކުރައްވާ ވިދާޅުވިއެވެ. ”⁠ކަލޭގެ އާއިލާގެ ކައިރިއަށް ގޮސް މާތްރަސްކަލާނގެ ކަލެއާ މެދު ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަ އެބައިމީހުންނަށް ކިޔާދީ.⁠“ ދެން މިމީހާ އެނބުރިގޮސް މުޅި ހިސާބުގަނޑުގެ ރަށްތަކުގެ ތެރޭގައި އީސާގެފާނު އޭނާއާ ދޭތެރޭ ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަތައް ކިޔާހެދިއެވެ. އީސާގެފާނު ދޯންޏަށް އަރާވަޑައިގެން އެރަށުން ފުރާވަޑައިގެންނެވި އެވެ.


ނަމަވެސް ޕައުލް ރަނގަޅަށް ސީދާ ކަން މަތީ އުޅުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި އަދި މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް ހިސާބު ބައްލަވާނެ ދުވަހުގެ ވާހަކަ ބުނުމުން ފެލިކުސް ވަރަށް ބޮޑަށް ބިރުގަތެވެ. ދެން އޭނާ ޕައުލް އަށް ވިދާޅުވިއެވެ. ”⁠ދެން މި ވަގުތު ކަލޭ ދޭ. އެހެން ފަހަރަކުން އަހަންނަށް ވަގުތު ވީމާ އަހަރެން ކަލެއާއި ބައްދަލުވާނަން.⁠“


ޔޫސުފުގެފާނަކީ ވެސް ޔަޢުޤޫބުގެފާނުގެ ބާރަ ދަރިކަލުންގެ ތެރެއިން އެއް ދަރިކަލެއް. ޔޫސުފުގެފާނުގެ އެއްބަފާބޭބެއިން އެކަލޭގެފާނުގެ މައްޗަށް ވަރަށް ބޮޑަށް ހަސަދަވެރިވެ އެކަލޭގެފާނު އަޅެއްގެ ގޮތުގައި މިޞްރަށް ވިއްކާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައިވި.


އަރިހުބޭކަލުން ކުރެ އެކަކު ދެންނެވިއެވެ. ”⁠ބައިތުލަޙަމުގައި އުޅޭ ޔައްސާ ކިޔާމީހެއްގެ ދަރިޔަކު ވަރަށް މޮޅަށް ނަރުކޮއްޓި ކުޅޭތަން އަޅުގަނޑު ދުށިން. އަދި އޭނާއަކީ ކުޅަދާނަ ހިތްވަރުގަދަ ފަހުލަވާނެއް ވެސްމެ. އޭނާއަކީ ވާހަކަ ދެއްކުންތެރި ރީތި މީހެއް. އަދި އޭނާއާއެކު މާތްރަސްކަލާނގެ ވެސް ވޮޑިގެންވޭ.⁠“


ޞަމޫއީލްގެފާނު މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ބައިތުލަޙަމަށް ވަޑައިގަތުމުން ބައްދަލު ކުރުމަށް ދިޔަ އެރަށުގެ ބޮޑުން ބިރުން ތުރުތުރުލައިގަތެވެ. ”⁠ކަލޭގެފާނު ތިޔަ ވަޑައިގެންނެވީ އަމާންކަން މަތީގައި ތޯ؟⁠“


ދާއޫދަށް މި ލިބޭ ކާމިޔާބީ ފެނިފައި ޝާއުލްގެފާނު އަދި މާބޮޑަށް ބިރުފުޅު ގެންފިއެވެ.


އޭރު ޝާއުލްގެފާނުގެ އަނެއް ދަރިކަނބަލުން މީކާލް ވަނީ ދާއޫދުއާ ހިތާވެފައެވެ. ޝާއުލްގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަމާ ވަރަށް އުފާފުޅު ވެއްޖެއެވެ.


އެހެން ކަމުން އެކަލޭގެފާނު ދާއޫދު ދެކެ އަދި ވަކިން ބޮޑަށް ބިރުގަންނަން ފަށައިފިއެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނެވިހާތައް ދުވަހު ޝާއުލްގެފާނު ހުންނެވީ ދާއޫދުގެ އަދުއްވެއްގެ ގޮތުގައެވެ.


ބައްޕަ ކޯފާވެފައި ހުންނެވި ނަމަ އެކަން ކަލެއަށް އަންގައި ކަލެއަށް ރައްކާތެރިކަން ދޭނަން. މި ގޮތުގެ މަތިން އަހަރެން ކަންތައް ނުކޮށްފިނަމަ މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ކިތަންމެ ބޮޑު ކޯފާއެއް ފޮނުއްވިޔަސް ހެޔޮ. އަހަރެންގެ ބައްޕައާއެކު މާތްރަސްކަލާނގެ ވޮޑިގެން ވީފަދައިން ކަލެއާއެކު ވެސް އެކަލާނގެ ވޮޑިގެން ވާށި.


”⁠ކަލޭ ޔައްސާގެ ދަރި ދާއޫދާ ގުޅިގެން މަށާ ދެކޮޅު ރޭވުންތައް ރޭވީ ކީއްވެތަ؟ ޖުލިޔާތުގެ ކަނޑި އޭނާއަށް ދީ މާތްކަލާނގެއަށް ދުޢާ ދަންނަވައިދީ ކާއެއްޗެހި ދީހަދާފައި ފޮނުވާލީ ކީއްވެ؟ އޭނާ މިއަދު ވެސް ފިލާ އެ އޮތީ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަން.⁠“


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނު އަހަރެން ގެނެސް ތިޔަ ދުއްޕާން ކުރަނީ ކީއްވެ؟⁠“ ”⁠އަޅުގަނޑު މިއުޅެނީ ހަދާނެ ގޮތް ބޮޑުވެގެން.⁠“ ޝާއުލްގެފާނު ދެންނެވިއެވެ. ”⁠ފިލިސްޠީނުން އަޅުގަނޑާ ހަނގުރާމައަށް އައިސް އެބަތިބި. މާތްކަލާނގެ އަޅުގަނޑު ދޫކޮށް ލައްވައިފި. އެއްވެސް ނަބީއަކު މެދުވެރިވެގެން ވެސް އިލްހާމަކުން ވެސް ޖަވާބެއް ނުލިބޭ. ކަލޭގެފާނަށް މި ދެންނެވީ ހަދަންވީ ގޮތެއް އޮޅުންފިލުވުމަށް.⁠“


ޞަމޫއީލް ބޮޑުވެ ތަސައްރަފު ފުދެންދެން މާތްރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވިއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް އެންގެވި އެއްވެސް އެންގެވުމެއް ކައްޗަކާ ގޮސްފައެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ