Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 18:11 - ކިތާބުލް މުޤައްދަސާ

11 މިކަންތަކުގެ ތެރޭގައި އެ ލޮންސި ދެ ފަހަރަކު ދާއޫދާ ދިމާއަށް އެއްލާ ލެއްވި އެވެ. އެކަލޭގެފާނު ބޭނުންފުޅުވީ ލޮންސިން ދާއޫދު ގައިގައި ޖަހައި ފާރުގައި ހިއްޕާލާށެވެ. އެކަމަކު ދެފަހަރު ވެސް ދާއޫދު ރެކިގެންފި އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 18:11
9 ပူးပေါင်းရင်းမြစ်များ  

ރުޅި އައުމަކީ އަނިޔާވެރި މުސީބާތެއް ކަހަލަ ކަމެކެވެ. އެކަމަކު ހަސަދަވެފައި ހުންނަ މީހާ އެއަށް ވުރެން މާ ނުރައްކާތެރިއެވެ.


ނަމަވެސް އީސާގެފާނު އެހުރިހާ އެންމެންގެ ކުރިމަތިން ލާފައި ކުރިޔަށް ވަޑައިގެންނެވިއެވެ.


ދެން އަނެއްކާވެސް އެމީހުން ގަސްތުކުރީ އީސާގެފާނު ހައްޔަރު ކުރުމަށެވެ. ނަމަވެސް އެކަލޭގެފާނު އެމީހުންގެ އަތްދަށުން ދެމިވަޑައިގެން އެތަނުން ވަޑައިގެންފިއެވެ.


އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.


އެމީހުން ގަދަފަދަ އަލިފާންގަނޑުތައް ނިއްވައި، ދުޝްމިނުންގެ ކަނޑިތަކުން ވެސް ސަލާމަތްވިއެވެ. އެމީހުންނީ ކިތަންމެ ބަލިކަށި ބައެއް ކަމުގައިވި ނަމަވެސް ބޭރުން އަރައިގެން އައި އަދާވާތްތެރިން ފައްސާލާނެ ގަދަފަދަބާރު އެމީހުންނަށް މާތްރަސްކަލާނގެ ދެއްވިއެވެ.


އެއާއެކު ރަސްގެފާނު އަތްޕުޅުގައި އޮތް ލޮންސި ޔޫނަތައިންއާ ދިމާއަށް ހޫރާ ލައްވައި އޭނާ މަރާލަން އުޅުއްވިއެވެ. އެހެންކަމުން ބައްޕާފުޅު އެ އުޅުއްވަނީ ދާއޫދު މަރާލަން ކަން އޭނާއަށް ޔަޤީން ވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ