1 ޞަމޫއީލް 18:10 - ކިތާބުލް މުޤައްދަސާ10 ދެން މާތްކަލާނގެ ޝާއުލްގެފާނުގެ މައްޗަށް ގަދަފަދަ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. ޝާއުލްގެފާނު އޮބިނޯވެގެން ގޭތެރޭގައި މޮޔަގޮވަން ފައްޓަވައިފިއެވެ. އެވަގުތު އެހެންޏާ ވެސް ފަދައިން ދާއޫދު އައިސް ނަރުކޮއްޓި ކުޅެން ފަށައިފިއެވެ. އޭރު ވެސް ޝާއުލްގެފާނުގެ އަތްޕުޅުގައި އޮންނަ ލޮންސި އޮތެވެ. အခန်းကိုကြည့်ပါ။ |
އަޅުގަނޑު މިދަންނަވާ އެއްޗެއް ސާހިބު ރަސްގެފާނު އަޑުއައްސަވާ ބައްލަވަ. ތިޔައީ މާތްރަސްކަލާނގެ އެންގެވި އެންގެވުމެއް ނަމަ އެކަލާނގެއަށް ޤުރުބާނީއެއް އަދާ ކުރުމުން އެކަލާނގެ ރުހި ވޮޑިގެންފާނެ. ތިޔައީ ބަޔަކު އަމިއްލަ ގޮތުން ކުރާ ކަމެއް ނަމަ މާތްރަސްކަލާނގެ އެބަޔަކަށް ލަޢުނަތް ލައްވާހުށި. އެހެނީ އެމީހުން މިވަނީ އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން މަހުރޫމު ކުރުވާފައި. އެމީހުން ބުނާ ކަހަލަ ’ދޭ އެހެން ކަލަކަށް އަޅުކަން ކުރަން.‘