1 ޞަމޫއީލް 18:1 - ކިތާބުލް މުޤައްދަސާ1 ދާއޫދު ޝާއުލްގެފާނާއި ވާހަކަ ދައްކަވައި ނިންމާލިތަނާ ޝާއުލްގެ ދަރި ޔޫނަތައިންގެ ހިތް ދާއޫދުގެ ހިތާ ގުޅި އެއްހިތަކަށްވެ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން އޭނާއާ މެދު ލޯބި ޖެހިއްޖެއެވެ. အခန်းကိုကြည့်ပါ။ |
އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.
ދެން މީސްތަކުން ދެންނެވިއެވެ. ”އިސްރާއީލީންނަށް އެހާ މަތިވެރި ފަތަޙައެއް ހޯދައި ދީފައި އެ ވަނީ ޔޫނަތައިންގެ ހިއްވަރުން. އެހާވަރުގެ ކަމެއް ކޮށްދިން މީހާ ވެސް މަރާލަން ޖެހޭނެ ތޯ؟ ލާހިކަ ކުޅަދާނައެއް ނޫން. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރަން. އަހަރެމެން އޭނާގެ ބޮލުން އިސްތައްޓެއް ވެސް ކެނޑިޔަކަ ނުދޭނަން. އެގޮތަކީ މިއަދު އޭނާ އެވަރުގެ ކާމިޔާބެއް ކޮށްފައި އެވަނީ އެކަލާނގެ ދެއްވި މަދަދާއެކު.“ މިހެން ބުނެ އެމީހުން ޔޫނަތައިން މަރުން ސަލާމަތް ކޮށްފިއެވެ.
އެހެންވީމާ ތަ ކަލޭމެން އަހަރެންނާ ދެކޮޅުވެރި ވަމުން ތިޔަ ދަނީ؟ އަހަރެންގެ އުފަން އަހަރެންގެ ދަރިޔަކު ޔައްސާގެ ދަރިއާ އެކު ކަންކަމަށް ޢަހުދުކޮށް ހަދާއިރު ކަލޭމެންގެ އެކަކު ވެސް އަހަރެންނަށް އެކަން ނާންގާ ތިޔަ ތިބެނީ؟ ކަލޭމެން މީހަކު އަހަންނާމެދު ކުޑަވެސް ކުލުނެއް ނެތެއްނު؟ އަހަރެންގެ ދަރިފުޅާ ގުޅިގެން އަހަރެންގެ އަދާވާތްތެރިޔާ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަމުން ދާއިރު އެކަން އަހަންނަކަށް އެކަކު ވެސް ނާންގަމެއްނު.“