57 ޖުލިޔާތު މަރާލައިފައި ދާއޫދު އެނބުރި ފޭލިގެއަށް އައުމުން އަބްނައިރު އޭނާ ގޮވައިގެން ރަސްގެފާނުގެ އަރިހަށް ގެންގޮސްފިއެވެ. އޭރު ވެސް ދާއޫދުގެ އަތުގައި ޖުލިޔާތުގެ ބޯބުރި އޮތެވެ.
ދާއޫދު ޖުލިޔާތުގެ ހަތިޔާރުތައް އޭނާގެ އަމިއްލަ ފޭލިގެއަށް ލުމަށް ފަހު އޭނާގެ ބޯބުރި ހިފައިގެން ޖެރޫސަލަމަށް ހިނގައްޖެއެވެ.
”ގޮސް އަހައި އޮޅުންފިލުވާ!“ ޝާއުލްގެފާނު އަމުރު ކުރެއްވިއެވެ.