56 ”ގޮސް އަހައި އޮޅުންފިލުވާ!“ ޝާއުލްގެފާނު އަމުރު ކުރެއްވިއެވެ.
”އުހުނ. ޝާއުލްގެފާނު ވިދާޅުވިއެވެ. ކަލޭ ކިހިނެއްތަ އޭނާ ތިރިއަރުވާނީ؟ ކަލޭ ތީ އަދި ކުޑަކުއްޖެއް ނޫންތަ؟ އޭނާއަކީ ކުޑައިރުން ފެށިގެން ހަނގުރާމައިގައި އުޅެ އެވަރު ވެފައި ހުރި މީހެއް.“
ދާއޫދު ހަނގުރާމައަށް ނުކުތްތަން ފެނުނު ހިނދު ސިފައިންގެ ވެރިޔަކަށް ހުރި އަބްނައިރު ކުރެން ޝާއުލްގެފާނު އެއްސެވިއެވެ. ”މީ ކާކުގެ ދަރިއެއްތަ؟“ ”މަސާހިބު. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ.“
ޖުލިޔާތު މަރާލައިފައި ދާއޫދު އެނބުރި ފޭލިގެއަށް އައުމުން އަބްނައިރު އޭނާ ގޮވައިގެން ރަސްގެފާނުގެ އަރިހަށް ގެންގޮސްފިއެވެ. އޭރު ވެސް ދާއޫދުގެ އަތުގައި ޖުލިޔާތުގެ ބޯބުރި އޮތެވެ.