54 ދާއޫދު ޖުލިޔާތުގެ ހަތިޔާރުތައް އޭނާގެ އަމިއްލަ ފޭލިގެއަށް ލުމަށް ފަހު އޭނާގެ ބޯބުރި ހިފައިގެން ޖެރޫސަލަމަށް ހިނގައްޖެއެވެ.
ދެން މޫސާގެފާނު ހާރޫނުގެފާނަށް ވިދާޅުވިއެވެ. ”ގުޅިއެއް ހޯދައިގެން ގެނޭ. އެއަށް ދެނާޅި މަންނާ އަޅާފައި މާތްރަސްކަލާނގެއަށް ޚާލިސްކޮށް މާތްވެގެންވާ ތާނކު ބަހައްޓާ. އެއީ އަންނަން އޮތް ޖީލުތަކަށް ދެއްކުމަށްޓަކައި.“
އިސްރާއީލީން އެމީހުން ފައްސާލާފައި އައިސް ފިލިސްޠީނުގެ ފޭލިގެތައް ލޫޓުވައިފިއެވެ.
ދާއޫދު ހަނގުރާމައަށް ނުކުތްތަން ފެނުނު ހިނދު ސިފައިންގެ ވެރިޔަކަށް ހުރި އަބްނައިރު ކުރެން ޝާއުލްގެފާނު އެއްސެވިއެވެ. ”މީ ކާކުގެ ދަރިއެއްތަ؟“ ”މަސާހިބު. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ.“
ޖުލިޔާތު މަރާލައިފައި ދާއޫދު އެނބުރި ފޭލިގެއަށް އައުމުން އަބްނައިރު އޭނާ ގޮވައިގެން ރަސްގެފާނުގެ އަރިހަށް ގެންގޮސްފިއެވެ. އޭރު ވެސް ދާއޫދުގެ އަތުގައި ޖުލިޔާތުގެ ބޯބުރި އޮތެވެ.
އަޚީމަލިކުގެ ބުންޏެވެ. ”ކަލޭ އީލާ ވާދީގައި މަރާލި ފިލިސްޠީނު ކަލޭގެ ޖުލިޔާތު ގެންގުޅުނު ކަނޑި އެތާ އަފޫދު ޖުއްބާގެ ފުރަގަހުގައި ފޮތިގަނޑަކަށް ލާ އޮޅާލާފައި އޮންނާނެ. އެނޫން ކަނޑިއެއް އެއްޗެއް ނެތް.“ ”ތިޔަށް ވުރެ މޮޅު ކޮން ކަނޑިއެއް ތަ އޮންނާނީ؟“ ދާއޫދު ބުންޏެވެ. ”ތިޔަ ކަނޑި ގެނޭ.“