Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 17:52 - ކިތާބުލް މުޤައްދަސާ

52 އިސްރާއީލީންނާއި ޔަހޫޛާގެ ލަޝްކަރު އެމީހުން ފަހައިގަނެ ހަޅޭލަވަމުން ތަޅަމުން މަރަމުން ދުވަމުން ގޮސް ޖައްތުއާއި ޢަޤްރޫންގެ ދޮރާއްޓާ ހަމައަށް ހިނގައްޖެއެވެ. މަރުވެގެން ޖައްތާއި ޝަޢަރާއިމުއާ ދެމެދު މަގުތައް މައްޗަށް ފިލިސްޠީނުން ވެއްޓިފައި ތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 17:52
10 ပူးပေါင်းရင်းမြစ်များ  

އެކަމަކު އަލްޢާޒަރު ވަރުބަލިވެ ލޮޑުވީ އިރު ވެސް އަތުން ކަނޑި ދޫކޮށް މައިދާން ދޫކޮށެއް ނުލިއެވެ. އޭނާ އެގޮތުގައި ފިލިސްޠީނީންނާ ހަނގުރާމަކުރަމުން ގެންދިޔައެވެ. އެދުވަހު މާތްރަސްކަލާނގެ އިސްރާއީލީންނަށް ވަރަށް ބޮޑު ކާމިޔާބެއް ދެއްވިއެވެ. އަލްޢާޒަރު ހަނގުރާމަ ފަތަޙަ ކުރިފަހުން މީހުން އެތަނަށް ދިޔައީ މަރުވެފައިތިބި މީހުންގެ ތަކެތި ނެގުމަށެވެ.


އިސްރާއީލީން އެމީހުން ފައްސާލާފައި އައިސް ފިލިސްޠީނުގެ ފޭލިގެތައް ލޫޓުވައިފިއެވެ.


އެހެންވެ ފިލިސްޠީނުގެ މީހުން އެ ފޮށިކޮޅު ފިލިސްޠީނުގެ އަވަށެއް ކަމަށްވާ ޢަޤްރޫނަށް ގެންގޮސްފިއެވެ. އެމީހުން އެފޮށިކޮޅު ގެންނަން ފެށުމުން ރަށުގެ މީހުން ބުނެއްޕެވެ. ”⁠އެމީހުން އިސްރާއީލުގެ ކަލާނގެ ފޮށިކޮޅު މި ރަށަށް އަރުވަން ތިޔަ އުޅެނީ ކީއްވެތަ؟ އެމީހުން އެއުޅެނީ މިރަށުގެ އެންމެން ވެސް މަރާލަންތަ؟⁠“


އެހެންވެ އެމީހުން ފިލިސްޠީނުގެ ހުރިހާ ބޮޑުން އެއްތަން ކޮށްފައި އެމީހުންނާ ސުވާލުކުރިއެވެ. ”⁠އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅާއި މެދު އަހަރެމެން ކަންތައް ކުރަންވީ ކިހިނެއްތޯ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އިސްރާއީލުގެ ކަލާނގެ ފޮށިކޮޅު ޖައްތަށް ގެންދޭ.⁠“ ދެން އެމީހުން އެ ފޮށިކޮޅު ޖައްތުއަށް ގެންގޮސްފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ