50 ދާއޫދު ކަނޑިއެއް ލޮންސިއެއް ބޭނުން ނުކޮށް ސާޅަނގައަކަށް ލައި ދޫކޮށްލި ގާގަނޑަކުން ޖަހައި އެއޮތް ވަރުގަދަ ޖުލިޔާތު މަރާ ވައްޓާލިއެވެ.
ހަނގުރާމައެއް ކުރަން ދިމާވިއަސް ޝާއުލްގެފާނުގެ ލަޝްކަރުގެ މީހެއްގެ އަތުގައި ކަނޑިއެއް ލޮންސިއެއް ނޯވެއެވެ. ހުރި އެއްޗެއް ހުންނަނީ ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫނަތައިންގެ އަތުގައެވެ.
ދާއޫދު ޝާއުލްގެފާނުގެ ދަހަނާ އަޅައިގެން ރަސްގެފާނުގެ ކަނޑިކޮޅު ހިފައިގެން ތަންކޮޅަކަށް ހިނގައިގެންފައި ރަސްގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑަކަށް މި އެއްޗެހި އަޅައިގެނެއް ހަނގުރާމައެއް ނުކުރެވޭނެ. މިއީ އަޅުގަނޑު ކޮށް ފަރިތަ ކަމެއް ނޫން.“ އެހެންވެ އޭނާ އެދަހަނާތައް ބޭލިއެވެ.
ދެން އޭނާ ގެނައިތަނުން ގާބުރިއެއް ސާޅަނގައަކަށް ލާފައި ދޫކޮށްލިއެވެ. ގާބުރި ފަތުއަޑު ކިޔާފައި ގޮސް ޖުލިޔާތުގެ ނިތްކުރީގައި ޖެހި ފޫވެއްޓިއްޖެއެވެ. އެވަގުތު އެކަލޭގެ އަނގަވަތަށް ވެއްޓިއްޖެއެވެ.
ދާއޫދު ދުވެފައި ގޮސް ޖުލިޔާތުގެ ގައިމައްޗަށް ކޮޅުފައިން އަރައި ޖުލިޔާތުގެ ކަނޑިން ޖެހިޖެހީނުން އެކަލޭގެ ބޯ ކަނޑާ ވައްޓާލައިފިއެވެ. ފިލިސްޠީނުންނަށް އެމީހުންގެ ބިޔަ ފަހުލަވާނު ވެއްޓުނުތަން ފެނިގެން ބިރުން ދުއްވައިގެންފިއެވެ.
އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ޖުލިޔާތު ގަތުލު ކުރި. އަދި މާތްރަސްކަލާނގެ ބަނީ އިސްރާއީލުންނަށް އެވަރުގެ ކާމިޔާބެއް ދެއްވީމާ ބައްޕަވެސް އުފާފުޅު ކުރެއްވި. މިހާރު ދާއޫދު ކަހަލަ ކުށެއްނެތް މީހަކު މަރައިގެން އެ ފާފަ އިސްތަށިފުޅުގައި އަޅުއްވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟“
އަޚީމަލިކުގެ ބުންޏެވެ. ”ކަލޭ އީލާ ވާދީގައި މަރާލި ފިލިސްޠީނު ކަލޭގެ ޖުލިޔާތު ގެންގުޅުނު ކަނޑި އެތާ އަފޫދު ޖުއްބާގެ ފުރަގަހުގައި ފޮތިގަނޑަކަށް ލާ އޮޅާލާފައި އޮންނާނެ. އެނޫން ކަނޑިއެއް އެއްޗެއް ނެތް.“ ”ތިޔަށް ވުރެ މޮޅު ކޮން ކަނޑިއެއް ތަ އޮންނާނީ؟“ ދާއޫދު ބުންޏެވެ. ”ތިޔަ ކަނޑި ގެނޭ.“
ރަސްގެފާނު ވިދާޅުވިއެވެ. ”ކަލޭމެންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި. ކަލޭމެން ތިޔަ ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް.