Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 17:44 - ކިތާބުލް މުޤައްދަސާ

44 ”⁠ނިކަން އާދެބަލަ.⁠“ ދާއޫދާ ދިމާއަށް އޭނާ ބުންޏެވެ. ”⁠ކަލޭގެ ގައިގައި ހުރި މަސްކޮޅު މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާން ދޭނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 17:44
12 ပူးပေါင်းရင်းမြစ်များ  

އައްޔާގެ ދަރިފުޅު ރިސްފާ އައިސް ކިއްތާނީ ފޮތިގަނޑެއް ގަލެއްގެ މަތީ އަޅައިފިއެވެ. މި ފޮތިގަނޑު އެ ގާމަތީ ބަހާރު މޫސުން ނިމި ވިއްސާރަ މޫސުން އަންނަންދެން އޮވެއެވެ. ރިސްފާ ރެއާއި ދުވާލު އެތަނުގައި އެގަބުރުތަކަށް ބަލަހައްޓައިގެން އިނދެއެވެ. އޭނާ ދުވާލު އެތަނަށް އަންނަ ބާޒާއި ކާޅުތައް ފައްސައެވެ. ރޭނގަޑު އަންނަ ވަލު ޖަނަވާރުތައް ފައްސައެވެ.


ބޮޑާކަން އެއީ މީހާގެ ހަލާކެވެ. ހިތްތިރިކަން އެއީ މީހާގެ ޝަރަފެވެ.


އެއަށް ފަހު، މަލާއިކަތަކު އިރުގައި ކޮއްޅަށް ހުންނަވަނިކޮށް އަހަރެން ދުށީމެވެ. މަތިން އުޑުގެ ތެރެއިން އުދުހެމުން ގެންދިޔަ އެންމެހާ ދޫނިތަކަށް އެ މަލާއިކަތާ ހަރުއަޑުން ގޮވަމުން ގެންދެވިއެވެ. ”⁠މާތްރަސްކަލާނގެ ބޮޑު ޖާފަތުގައި ބައިވެރިވުމަށް މިތަނަށް އެއްވޭ!


ދެން ފިލިސްޠީނުގެ ހަނގުރާމަވެރިން ބުންޏެވެ. ”⁠މިތާ މައްޗަށް އަރާ. ކަލޭމެންނަށް ކުޅިސަމާ ދައްކާނަން.⁠“ ދެން ޔޫނަތައިން އޭނާގެ އެހީތެރިޔާ އަށް ބުންޏެވެ. ”⁠ކަލޭ އަހަރެންގެ ފަހަތުން އަރާ. މާތްރަސްކަލާނގެ ފިލިސްޠީނުން އިސްރާއީލުގެ އަތްދަށަށް ގެންދަވައިފި.⁠“


މިއަދު މާތްރަސްކަލާނގެ ކަލޭގެ މައްޗަށް އަހަރެން ބާރުވެރި ކުރައްވާނެ. އަހަރެން ކަލޭ ބަލިކޮށް ކަލޭގެ ކަރު ބުރިކޮށްލާނަން. އަދި ފިލިސްޠީނުންގެ ހަނގުރާމަވެރިންގެ ގައިގައި ހުރި މަސްތައް މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާންދޭނަން. އޭރުން މި ދުނިޔޭގެ އެންމެންނަށް ވެސް އެނގޭނެ ޙަޤީޤީ ކަލާނގެއަކީ އިސްރާއީލީންގެ ކަލާނގެ މާތްކަލާނގެ ކަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ