Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 17:43 - ކިތާބުލް މުޤައްދަސާ

43 އޭނާ ދާއޫދު ކުރެން އަހައްޕެވެ. ”⁠ތީ ކީއްކުރަން ގެންނަ ދަނޑިގަނޑެއްތަ؟ އަހަރެން މީ ކުއްތާއެއް ތަ؟⁠“ ދެން ޖުލިޔާތު އޭނާގެ ކަލުންތަކުގެ ނަން މަތީ ދާއޫދަށް ލަޢުނަތް ލައިފިވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 17:43
14 ပူးပေါင်းရင်းမြစ်များ  

އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.⁠“


ދާއޫދުގެފާނު ބަހޫރީމަށް ވަޑައިގެންފިއެވެ. އެދުވަހު ޝާއުލްގެފާނުގެ ދުރުތާ ތިމާގެ މީހަކު އެރަށުން ނުކުތެވެ. އޭނާގެ ނަމަކީ ޝިމްޢީއެވެ. އޭނާއަކީ ޖީރާގެ ދަރިއެކެވެ. ޝިމްޢީ އައީ ދާއޫދުގެފާނާ ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވަމުންނެވެ.


ސަރޫވިޔަތުގެ ދަރި އަބީޝާއި ރަސްގެފާނަށް ދެންނެވިއެވެ. ”⁠މިހިރަ މުޅަ ކުއްތާ ކަލޭގެފާނާ ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވިޔަ ދެއްވަނީ ކީއްވެތޯ؟ އަޅުގަނޑު ފޮނުއްވާ. ގޮސް އެކަލޭގެ ބޮލާ ކަނދުރާ ވަކިކޮށްލާނަން.⁠“


މިހެން ބުނުމުން އަބްނައިރު ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ. ”⁠އަހަރެން ކަލޭގެ ބައްޕައަކަށް އާއިލާގެ މީހަކަށް ތިމާގެމީހަކަށް ރައްޓެއްސަކަށް މިހާތަނަކަށް ހަރާންކޯރު ވެފައެއް ނޯންނާނެ. ކަލޭ އަސްލުގައި ވެސް ހީކުރަނީތަ އަހަރެން މީ ޔަހޫޛާގެ ކުއްތާއެއް ކަމަށް؟ އަހަރެން އެހެންނަމަ ކަލޭ ދާއޫދާ ހަވާލު ކުރާނެތާ ކިތަންމެ ދުވަހެއް. އެކަމަކު ކަލޭ ތިޔަ ބުނަނީ އަހަރެން ކަލޭގެ ބައްޕަގެ ޖާރިޔާއަކާއެކު ގުޅުމެއް ހިންގަނީއޭތަ؟


މަފީބޫޝަތު ދެވަނަފަހަރަށް ދާއޫދުގެފާނުގެ ކުރިފުޅު މަތީ ގުދުވެއްޖެއެވެ. މަފީބޫޝަތު ދެންނެވިއެވެ. ”⁠އަޅުގަނޑު މީ މަރުވެފައި އޮތް ކުއްތާއެއް. ވީ އިރު ވެސް މަނިކުފާނު އަޅުގަނޑާމެދު ތިޔަ ގޮތަށް ކަންތައް ކުރައްވަނީތޯ؟⁠“


ފިޔަޖަހަމުން އަންނަ ފެންފޯއް ދޫންޏެކޭ ބާރަށް އަންނަ އަބާބީލު ދޫންޏެކޭ އެއްފަދައިން ޙައްޤަކާނުލައި މީހަކަށް ލަޢުނަތެއް ނާންނާނެއެވެ.


ދެން ފިލިސްޠީނުގެ ހަނގުރާމަވެރިން ބުންޏެވެ. ”⁠މިތާ މައްޗަށް އަރާ. ކަލޭމެންނަށް ކުޅިސަމާ ދައްކާނަން.⁠“ ދެން ޔޫނަތައިން އޭނާގެ އެހީތެރިޔާ އަށް ބުންޏެވެ. ”⁠ކަލޭ އަހަރެންގެ ފަހަތުން އަރާ. މާތްރަސްކަލާނގެ ފިލިސްޠީނުން އިސްރާއީލުގެ އަތްދަށަށް ގެންދަވައިފި.⁠“


އިސްރާއީލުގެ ރަސްގެފާނު ތިޔަ ވަޑައިގަންނަވަނީ ކާކުގެ ފަހަތުން ތޯ؟ ކަލޭގެފާނު ތިޔަ ފައްސަވަނީ މަރުވެފައިވާ ކުއްތާއެއް ތޯ؟ ނުވަތަ ސެއްޅިއެއް ތޯ؟


މާތްރަސްކަލާނގެ އަހަރެމެންގެ ދެމެދުގައި އިންސާފު ކުރައްވާށި. އަދި އަޅުގަނޑު މި ދަންނަވަނީ ތެދެއްކަން އެކަލާނގެ ހެކިވެވޮޑިގަންނަވާށި! މާތްރަސްކަލާނގެ ކަލޭގެފާނުގެ އަތްޕުޅުދަށުން އަޅުގަނޑު ސަލާމަތް ކުރައްވާށި!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ