38 ދެން ރަސްގެފާނުގެ އަމިއްލަފުޅު ދަހަނާތައް ދާއޫދަށް ދެއްވިއެވެ. އެއީ ކަފުލޮއިގެ ހެލްމެޓަކާއި ދަހަނާ އެކެވެ.
މާތްރަސްކަލާނގެ ވަނީ އަޅުގަނޑު ސިންގާއާއި ސާރިދޯޅައިގެ އަތްދަށުން ސަލާމަތް ކޮށް ދެއްވާފައި. އެކަލާނގެ ތިޔަ މީހާގެ އަތްދަށުން ވެސް އަޅުގަނޑު ސަލާމަތް ކޮށްދެއްވާނެ.“ ”އެންމެ ރަނގަޅު.“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”ދޭ، މާތްރަސްކަލާނގެ ކަލެއާއެކު ވޮޑިގެންވާހުށި.“
ދާއޫދު ޝާއުލްގެފާނުގެ ދަހަނާ އަޅައިގެން ރަސްގެފާނުގެ ކަނޑިކޮޅު ހިފައިގެން ތަންކޮޅަކަށް ހިނގައިގެންފައި ރަސްގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑަކަށް މި އެއްޗެހި އަޅައިގެނެއް ހަނގުރާމައެއް ނުކުރެވޭނެ. މިއީ އަޅުގަނޑު ކޮށް ފަރިތަ ކަމެއް ނޫން.“ އެހެންވެ އޭނާ އެދަހަނާތައް ބޭލިއެވެ.
ދެން ޔޫނަތައިން މަތިން ލައިގެން ހުރި ބޮޑުގަމީސް ބާލައި ދާއޫދަށް ދިނެވެ. އަދި އޭނާގެ ދަހަނާއާއި ކަނޑިއާއި ދުނިދަނޑި އާއި އުނަގަނޑުގައި އޮތް ކަމަރު ވެސް އޭނާއަށް ދިނެވެ.