Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 17:36 - ކިތާބުލް މުޤައްދަސާ

36 އަޅުގަނޑު މިއީ ސިންގާއާއި ސާރިދޯޅަ މަރާއުޅޭ މީހެއް. މި ކާފަރު ކަލޭގެ މަރާލާކަށް އެއްވެސް ކަމެއް ނޫން. ތިޔަ ކަލޭގެ ތިޔަ ޖެއްސުން ކުރަނީ ދިރިދެމިވޮޑިގެންވާ މާތްކަލާނގެ ލަޝްކަރާ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 17:36
25 ပူးပေါင်းရင်းမြစ်များ  

ޔޫނަތައިން ހަތިޔާރު އުފުލާ މީހާގެ ގާތު ބުންޏެވެ. ”⁠ހިނގާ މިތިބަ ޚިތާނު ނުކުރާ މީހުންނަށް ހަމަލަ ދޭން. މާތްރަސްކަލާނގެ ހިންމަވައި ދެއްވައިފިނަމަ އަހަރެމެންގެ ދެމީހުން އެކަނި ދިމާކޮށްލިޔަސް ކާމިޔާބު ވެދާނެ. އެހެނީ ކާމިޔާބު ވަނީ ލަޝްކަރުގެ ކުޑަ ބޮޑުމިނަކުން ނޫން. މާތްރަސްކަލާނގެ އެހީތެރިވެ ވޮޑިގެންފިނަމަ ކިތަންމެ މަދު ބަޔަކަށް ވެސް ކިތަންމެ ބޮޑު ލަޝްކަރެއް ވެސް ބަލި ކޮށްލެވިދާނެ.⁠“


ދެން ފިލިސްޠީނުން ވެސް ބުނެފިއެވެ. ”⁠އަހަރެމެން ވެސް މިއަދު ކަލޭމެން އިސްރާއީލުންނަށް ގޮންޖަހަން. އަހަރެމެންނާ ކުރިމަތިލެވޭ ވަރުގެ މީހަކު ފޮނުވާ.⁠“


ދާއޫދު މިވާހަކަ ދެއްކި މީހުންގެ ގާތު ބުންޏެވެ. ”⁠ތިއީ ދެން ކާކުތަ، ދިރިދެމި ވޮޑިގެންވާ ކަލާނގެ ސިފައިންނާ ކުރިމަތިލާން؟ ތިއީ ޚިތާނު ނުކޮށް ތާނކު ހުރި ފިލިސްޠީއެކޭ. ތިޔަ އެތި މަރައި ތިޔަ ބަލާއިން މިންޖު ކޮށްދިން މީހަކަށް ދޭނީ ކޮން އިނާމެއްތަ؟⁠“


އަޅުގަނޑު ގޮސް އޭތި ސަލާމަތް ކުރަން. ސިންގާއެއް ސާރިދޯޅައެއް އައިސް އަޅުގަނޑާ ދިމާ ކުރިޔަސް އަޅުގަނޑު އޭގެ ކަރުގައި ހިފާ މަރާލަން.


މާތްރަސްކަލާނގެ ވަނީ އަޅުގަނޑު ސިންގާއާއި ސާރިދޯޅައިގެ އަތްދަށުން ސަލާމަތް ކޮށް ދެއްވާފައި. އެކަލާނގެ ތިޔަ މީހާގެ އަތްދަށުން ވެސް އަޅުގަނޑު ސަލާމަތް ކޮށްދެއްވާނެ.⁠“ ”⁠އެންމެ ރަނގަޅު.⁠“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދޭ، މާތްރަސްކަލާނގެ ކަލެއާއެކު ވޮޑިގެންވާހުށި.⁠“


ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”⁠މިހިރީ އަހަރެންގެ ދޮށީ ދަރިފުޅު މައިރަބު. ކަލޭ ކައިވެނި ކުރުމަށް އޭނާ ދޭން މިއުޅެނީ. އަހަރެން ކަލޭގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މާތްކަލާގެއަށް ޓަކައި ކުރަންޖެހޭ ހަނގުރާމަތައް ހިތްވަރާއެކު ކަލޭ ކޮށްދިނުން.⁠“ މިއީ ޝާއުލްގެފާނުގެ ރޭއްވެވުމެކެވެ. އެކަލޭގެފާނު ހިތްޕުޅުގައި އޮތީ މިހެންނެވެ. ”⁠އަހަރެންގެ އަތުން މީނާ މަރައެއް ނުލާނަން. އެކަންތައް ކުރުވާނީ ފިލިސްޠީނުން ލައްވާ.⁠“


ޝާއުލްގެފާނުގެ ހަތިޔާރު އުފުލާ މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ ކަނޑިން ޖަހައި އަހަރެން މަރާލާށެވެ. އެހެންނޫނީ މިތިބަ ޚިތާނު ނުކުރާ މީހުން އައިސް އަހަރެންނަށް އަހުވަދައްކައި އަނިޔާކޮށް މަރާލާނެ.⁠“ އެކަމަކު ހަތިޔާރު އުފުލާ މީހާ ބިރުން އެހެން ހަދާކަށް ނުކެރުނެވެ. އެހެންވެ ޝާއުލްގެފާނުގެ އަމިއްލަ ކަނޑިކޮޅު ބަނޑުފުޅުގައި ވިއްދައި އޭގެ މައްޗަށް ވެއްޓިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ