Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 17:34 - ކިތާބުލް މުޤައްދަސާ

34 ”⁠މަސާހިބު!⁠“ ދާއޫދު ދެންނެވިއެވެ. ”⁠އަޅުގަނޑު މިވަރު ވެފައި މިހިރީ ކުޑައިރުންފެށިގެން ބައްޕަގެ ކަންބަޅި ހުއިހެއްޕުމުގައި އުޅެ. އޭގެ ތެރޭން ކަންބަޅިއެއް ސިންގާއެއް ނުވަތަ ސާރިދޯޅައެއްގެ އަތްދަށު ވިޔަސް،

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 17:34
18 ပူးပေါင်းရင်းမြစ်များ  

ތިބާގެ ޖަނަވާރަކަށް ވަލުޖަނަވާރެއް ޙަމަލާދީ މަރާލެވުނު ކޮންމެ ފަހަރަކު އެ މަރުވި ޖަނަވާރެއް ތިބާއަށް ދައްކާފައެއް ނުވާނެ. ނަމަވެސް އެކަމުގެ ގެއްލުން އަހަރެން ތިބާއަށް ފޫބައްދާދީފައިވާނެ. ދުވާލުގައި ނޫނީ އަދި ރޭގަނޑުގައި ވިޔަސް ތިބާގެ ޖަނަވާރުތަކުގެ ތެރެއިން ޖަނަވާރެއް މީހަކު ވަގަށްނެގި ކަމުގައި ވިޔަސް އޭގެ ފުރިހަމަ އަގު އަހަރެންގެ އަތުން ތިބާ އަތުލީމު.


ކަލޭގެފާނަށް ވެސް އެނގިވަޑައިގަންނަވާނެ، ކަލޭގެފާނުގެ ބައްޕާފުޅާއި އެކަލޭގެފާނުގެ މީހުންނަކީ ގަދަފަދަ ހަނގުރާމަވެރި ބައެއް ކަން. އެމީހުންނަކީ ދަރިންކޮޅު ގެއްލިފައިވާ ވަލު ސާރިދޯޅަތަކެއް ފަދަ ނުރައްކާތެރި ބައެއް. އެހެންނޫނަސް ކަލޭގެފާނުގެ ބައްޕާފުޅަކީ ހަނގުރާމައިގެ ރޭވުންތެރި ކުޅަދާނަ ހުނަރު ވެރިއެއް. އެކަލޭގެފާނު މީހުންތަކުގެ ތެރޭ ރޭގަނޑަކު ނުހުންނަވާނެ.


ޔޫޔާދަޢުގެ ދަރި ބަނާޔާއަކީ ޖާނު ވަރުގަދަ ފަހުލަވާނެކެވެ. އޭނާ އުޅެބޮޑުވީ ޤަބްޞިއީލުގައެވެ. އޭނާ ވެސް އެފަދަ ހިތްވަރުގަދަ ކަންތައް ކުރިއެވެ. އޭނާ މުއާބުގެ ގަދަފަދަ ދެ ފަހުލަވާނުން މަރާލިއެވެ. އެއްދުވަހަކު ސްނޯ ފައިބަމުން ދިޔަ ވަގުތެއްގައި ވަޅުގަނޑެއްގެ ތެރޭ އޮތް ސިންގާއެއް ވެސް މަރާލިއެވެ.


ހުއިހައްޕާ މީހުންގެ ބަޔަކު އެރޭ އެތާގެ ކައިރީގައި ވާ ބިމެއްގައި އެބައިމީހުންގެ ކަންބަޅިތައް ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނެވެ.


ހަމަ އެހެންމެ އަހަރެން މިއީ ރަނގަޅު، ޙަޤީޤީ ހުއިހައްޕާ މީހާ. ރަނގަޅު ހުއިހައްޕާ މީހާ އޭނާގެ ކަންބަޅިތަކަށްޓަކައި އޭނާގެ ފުރާނަ ވެސް ދޭނެ.


މި މީހުންގެ އީމާންތެރިކަމުގެ ސަބަބުން އެތައް ރަސްކަމެއް ވައްޓާލައި ފަތަޙަ ހޯދާފައިވެއެވެ. އަދި އެ ރަށްރަށުގައި އަދުލު އިންސާފު ގާއިމު ކުރިއެވެ. އަދި މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ކަންތައްތައް ވެސް އެމީހުން ލިބިގަތެވެ. އެމީހުން ވަނީ ސިންގާތަކުގެ އަނގަތައް ލައްޕުވައިފިއެވެ.


މި ކަނޑު ދާއްބަ އެންމެ ވައްތަރުވަނީ ލައްޖެހި މިނިކާވަގަކާ އެވެ. އޭގެ ފައި ސާރިދޯޅެއްގެ ފައި ފަދައިންވިއެވެ. އަދި އޭގެ އަނގަ ސިންގާއެއްގެ އަނގަ ފަދައިންވިއެވެ. ޑްރޭގަނަށް ލިބިގެންވީ ބާރާއި، ތަޚުތާއި، އަދި ލިބިގެންވީ ގަދަ އަމުރުވެރިކަން މި ކަނޑު ދާއްބައަށް ދިނެވެ.


ދާއޫދު އޭނާގެ ބައްޕަގެ ބަކަރިތައް ބެލެހެއްޓުމުގައި އެހީތެރިވުމަށް ބައެއް ދުވަސް ދުވަހަށް ބައިތުލަޙަމަށް ގޮސް އުޅެއެވެ.


”⁠އުހުނ. ޝާއުލްގެފާނު ވިދާޅުވިއެވެ. ކަލޭ ކިހިނެއްތަ އޭނާ ތިރިއަރުވާނީ؟ ކަލޭ ތީ އަދި ކުޑަކުއްޖެއް ނޫންތަ؟ އޭނާއަކީ ކުޑައިރުން ފެށިގެން ހަނގުރާމައިގައި އުޅެ އެވަރު ވެފައި ހުރި މީހެއް.⁠“


އަޅުގަނޑު ގޮސް އޭތި ސަލާމަތް ކުރަން. ސިންގާއެއް ސާރިދޯޅައެއް އައިސް އަޅުގަނޑާ ދިމާ ކުރިޔަސް އަޅުގަނޑު އޭގެ ކަރުގައި ހިފާ މަރާލަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ