1 ޞަމޫއީލް 17:28 - ކިތާބުލް މުޤައްދަސާ28 ދާއޫދުއާ އެމީހާއާއި ދޭތެރޭ މިދެކެވޭ ވާހަކަތައް އެންމެ ދޮށީ ބޭބެ އަލިޔާބަށް އަޑު އިވިގެން ރުޅި އަތުވެއްޖެއެވެ. ”ކަލޭ މިތަނަށް ތިޔަ އައީ ކީއްކުރަން. ކޮބައިތަ ކަލޭ ހަނަފަސްބިމުގައި ބަލަހައްޓަން އުޅުނު ބަކަރިތައް؟ ކާކާ ހަވާލު ކޮށްފަތަ ތިޔައައީ؟ ކަލޭ ތީ ނިކަން ސަކަރާތް ގަންނަ ހިތުން އުޅޭ ނިކަން ފޮނިވެސް މީހެކޭ. ކަލޭ އައިސް ތިހިރީ މިތާ ހަނގުރާމަ ކުރާތަން ބަލަން ކަން އަހަރެމެންނަށް އެނގެޔޭ.“ အခန်းကိုကြည့်ပါ။ |
ނަމަވެސް ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނުދެކެ ނުހަނު ނަފްރަތު ކުރެއެވެ. ސަބަބަކީ އެކަލޭގެފާނުގެ ބަފައިކަލުން އެންމެ ރުހިލައްވާ ދަރިކަލުންނަކީ އެކަލޭގެފާނު ކަމުގައި ވުމުންނެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އަޚުން ހެޔޮބަހެއް އެކަލޭގެފާނާއިމެދު ބުނުމުގެ ބަދަލުގައި ހަރުކަށިކޮށް މުޚާތަބު ކުރޭމެއެވެ.
އެކަލޭގެފާނުގެ އެންމެހާ އަޚުން މިފަދައިން އެކަލޭގެފާނަށް ރައްދު ދެއްވިއެވެ. ”ކަލޭ ހީކުރަމުން ތިޔަގެންދަނީ ކަލޭތީ އަހަރެމެން ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ހިންގާނޭ ރަސްގެފާނު ކަމަށްތަ!“ އެހެންވީމާ، އެކަލޭގެފާނުގެ އަޚުން އިހުނަށް ވުރެން ވެސް ބޮޑަށް އެކަލޭގެފާނުދެކެ ނަފްރަތު ކުރިއެވެ. އެއީ ހަމައެކަނި އެ ހުވަފެންފުޅު އެކަލޭގެފާނު ވިދާޅުވެ ދެއްވުމަކުން ނުމެ ނޫންމެއެވެ. އެފަދަ ގޮތަކަށް އެކަލޭގެފާނަށް ވިދާޅުވެވުމާއި އެކުގައި ވެސް މެއެވެ.
މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”މީހާގެ އިސްކޮޅާއި ބޭރުފުށަށް ނުބައްލަވާ. ތިމަންކަލާނގެ އޭނާ ޚިޔާރެއް ނުކުރައްވަން. މީހަކު އިސްކޮޅުން ދިގޭ ކިޔާފައި ތިމަންކަލާނގެ މީހަކު ނުއެއް ހޮއްވަވަން. ތިމަންކަލާނގެ ބައްލަވަނީ އިންސާނުން ފަދައަކުންނެއް ނޫން. އެހެނީ އިންސާނާ ބަލަނީ ބޭރުފުށަށް. ތިމަންކަލާނގެ ބައްލަވަނީ އޭނާގެ ހިތަށް.“