1 ޞަމޫއީލް 17:25 - ކިތާބުލް މުޤައްދަސާ25 އޭރު އެތާ ތިބި އިސްރާއީލީންގެ ތެރޭން ބަޔަކު ބުނެއްޕެވެ. ”މިހިރަ އަންނަ މީހާ ފެނޭތަ؟ މިއީ އިސްރާއީލީން ބަލި ކުރަން އައިސް ހުރި ޖުލިޔާތަކީ. މީނާ ބަލި ކޮށްފި މީހަކަށް ރަސްގެފާނު ވަރަށް ބޮޑު އިނާމެއް ކަނޑައަޅާފަ އިވޭ. ރަސްގެފާނުގެ އަންހެން ދަރިފުޅާ ވެސް ދެވާނެ. އަދި އޭނާގެ ބައްޕަގެ އާއިލާ އިސްރާއީލުންނަށް ދައްކަން ޖެހޭ ޓެކްސް ވެސް ކަނޑާލާނެ.“ အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.“
ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން.