21 އިސްރާއީލާއި ފިލިސްޠީނުގެ ހަނގުރާމަވެރިން ދެބައިމީހުން ކުރިމަތިލައި ސަފުތައް ރުކުރުވާލާފައި ވެއެވެ.
އޭނާގެ ނަމަކީ އަލީމާލިކު އެވެ. އަންހެނުންނަކީ ނުޢުމީއެވެ. އޭނާގެ ދެ ދަރިންނަކީ މަޙުލޫންއާއި ކިލްޔޫން އެވެ. އެމީހުންނަކީ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު އަފްރާތީންގެ އައުލާދުގެ ބަޔެކެވެ. އެމީހުން މުއާބަށް އައިސް ވަޒަންވެރިވިއެވެ.
ޔައްސާ އެންގި ފަދައިން ވަރަށް ހެނދުނާ ކަންބަޅި ބަކަރި ބަލަހައްޓަން މީހަކާ ހަވާލުކޮށްފައި ދާއޫދު ހަނގުރާމަކުރާ ތަނަށް ހިނގައްޖެއެވެ. އޭރު ހަނގުރާމަވެރިން ނަޣަރާ ކުރަމުން މައިދާނަށް ނުކުންނަމުން ދަނީއެވެ.
ދާއޫދު ގެނައި ތަކެތި ބަނޑޭރިކަލޭގެއާ ހަވާލުކޮށްފައި ދުވެގޮސް އޭނާގެ ބޭބެމެންނާ ހަނގުރާމައިގެ މައިދާނުން ބައްދަލު ކޮށް ހާލު ކިހިނެއް ހޭ އަހައިފިއެވެ.
ފިލިސްޠީނުން ބަނީ އިސްރާއީލުންނާ ހަމަލަ ދިނުމަށް ތައްޔާރުވުމާއެކު ހަނގުރާމަ ފެށިއްޖެއެވެ. ފިލިސްޠީނުން އިސްރާއީލުގެ ހަތަރުހާސް ސިފައިން މަރާލައި ހަނގުރާމަ ފަތަޙަ ކޮށްފިއެވެ.