2 ޝާއުލްގެފާނާއި ބަނީއިސްރާއީލުން އީލާގެ ވާދީތަކުގައި ފޭލިގެ ޖަހަފިއެވެ. އަދި ފިލިސްޠީނުންނާ ހަނގުރާމަ ކުރުމަށް ސަފުހަދައިފި އެވެ.
ޝާއުލް ރަސްގެފާނާއި ކަލޭގެ ބޭބެމެންގެ ލަޝްކަރު ފިލިސްޠީނުންނާ ހަނގުރާމަ ކުރަމުން ދަނީ އީލާ ވާދީގައި.“
ފިލިސްޠީނުން ތިބީ ފަރުބަދައެއްގެ މަތީގައެވެ. އިސްރާއީލީން ވެސް ތިބީ ކުރިމަތީގައި އޮތް ފަރުބަދައިގެ މަތީގައެވެ. މި ދެމެދުގައި ވަނީ ފުން ވާދީއެކެވެ.
ޝާއުލްގެފާނު ދެކެ ބިރުން ދާއޫދު ފިލަން ދިޔައީ ޖައްތުގެ ރަސްގެފާނު އަޚީޝްގެ ގާތަށެވެ.
އަޚީމަލިކުގެ ބުންޏެވެ. ”ކަލޭ އީލާ ވާދީގައި މަރާލި ފިލިސްޠީނު ކަލޭގެ ޖުލިޔާތު ގެންގުޅުނު ކަނޑި އެތާ އަފޫދު ޖުއްބާގެ ފުރަގަހުގައި ފޮތިގަނޑަކަށް ލާ އޮޅާލާފައި އޮންނާނެ. އެނޫން ކަނޑިއެއް އެއްޗެއް ނެތް.“ ”ތިޔަށް ވުރެ މޮޅު ކޮން ކަނޑިއެއް ތަ އޮންނާނީ؟“ ދާއޫދު ބުންޏެވެ. ”ތިޔަ ކަނޑި ގެނޭ.“