Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 17:18 - ކިތާބުލް މުޤައްދަސާ

18 އަދި މައިދާނުގައި ތިބި ހަނގުރާމަ ވެރިންގެ އިސް މީހާއަށް މި ދިހަ ޗީޒު ފަޅި ވެސް ގެންގޮސް ދީ. އަދި އަންނައިރު ކަލޭގެ ބޭބެމެން ހެޔޮހާލުގައި ތިބިކަން ދައްކައިދޭނެ ކޮންމެވެސް އެއްޗެއް ގެންނާތި.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 17:18
13 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން އެސަރަހައްދަށް ދިޔުމަށް ފަހު ޔޫސުފުގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިބާގެ އަޚުން ގޮސްވީ ޝަކީމް އާއި ކައިރި ސަރަހައްދެއްގައި ކަންބަޅިތަކާއިގެން ހުއިހެއްޕެވުމަށް. އަހަރެން ބޭނުން ވަނީ ތިބާ އެބައިމީހުންގެ ގާތަށް ޒިޔާރަތްކުރުމަށް.⁠“ ޔޫސުފުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅުގަނޑު ދިއުމަށް ތައްޔާރުގައި ހުރީމު.⁠“


އެ ހިނދު އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން ވިދާޅުވިއެވެ. ”⁠އެސަރަހައްދަށް ދޭ. އަދި ތިބާގެ އަޚުންނާއި ކަންބަޅިތަކުގެ ޙާލަކީ ކޮބައިތޯ ބެލުމަށް ފަހު އެނބުރި އައިސް އަހަރެންނަށް އެބައިމީހުންގެ ޚަބަރުދީ.⁠“ އެގޮތުގެ މަތިން ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ޙަބްރޫންގެ ވާދީން ފޮނުއްވިއެވެ. ޔޫސުފުގެފާނު ޝަކީމްގެ ރަށްބޭރާ ހަމައަށް ވަޑައިގެންނެވިއެވެ.


ދެން މޫސާގެފާނު ވަޑައިގެން އެކަލޭގެފާނުގެ ބަފާކަލޭގެއާ ބައްދަކުރެއްވިއެވެ. އެކަލޭގެފާނު އޭނާއަށް ކުރުނީސް ކުރައްވައި ބޮސްދެއްވައި ހެއްދެވިއެވެ. އަދި ދެބައިމީހުން އެކަކު އަނެކެއްގެ ހާލު އަހުވާލު އަހައި އޮޅުން ފިލުއްވިއެވެ. އޭގެ ފަހުން އެމީހުން މޫސާގެފާނުގެ ފޭލިގެކޮޅަށް ދިޔައެވެ.


ދެން ދުވަސްކޮޅެއް ފަހުން ޕައުލް ބަރުނައްބާސް އަށް ބުންޏެވެ. ”⁠އަހަރެމެން ކުރިން ދިންނެވުމުގެ ޚަބަރު ދިން ރަށްތަކަށް އެނބުރި ދަމާ ހިނގާ. އެއީ އޭރުން އެ ރަށްތަކުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ކަންތައް ހުރިގޮތެއް އަހަރެމެންނަށް އެނގޭނެ.⁠“


އެހެންވެ ޔައްސާ ޝާއުލްގެފާނަށް އެރުވުމަށް ހަދިޔާ ތައްޔާރު ކުރިއެވެ. އޭނާ ހިމާރަކަށް ލާފައި ރޮއްޓާއި މޭބިސްކަދުރު ދިޔައިގެ ހަމަކާއި ޅަބަކަރިއެއް ދާއޫދުގެ އަތުގައި ފޮނުވިއެވެ.


ޝާއުލް ރަސްގެފާނާއި ކަލޭގެ ބޭބެމެންގެ ލަޝްކަރު ފިލިސްޠީނުންނާ ހަނގުރާމަ ކުރަމުން ދަނީ އީލާ ވާދީގައި.⁠“


އޭނާ ދިހަ ޒުވާނުން ނާބާލްގެ ގާތަށް ފޮނުވައިފިއެވެ. އޭނާ އެމީހުންނަށް އެންގީ ކަރްމަލަށް ގޮސް ނާބާލް ހޯދާފައި އޭނާގެ ސަލާމް ރައްދުކޮށް ދޭށޭ އެވެ.


ދާއޫދު އައިސް ވަރުބަލިވެގެން ހަނގުރާމައަށް ނުދެވި ތިބި މީހުންނާ ބަސޫރުގެ ވާދީތެރޭން ބައްދަލު ވެއްޖެއެވެ. އެމީހުން އައިސް ދާއޫދާއި ދެންތިބި މީހުންނާ ބައްދަލު ކޮށްފިއެވެ. އަދި އެމީހުންނާއި ދާއޫދު ސަލާންގަލާން ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ