Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 17:12 - ކިތާބުލް މުޤައްދަސާ

12 ދާއޫދުގެފާނަކީ ޔަހޫޛާގެ ބައިތުލަޙަމުގެ އަފްރާތީ ޚާންދާނުން އައިސްހުރި ޔައްސާގެ ދަރިއެކެވެ. ޔައްސާގެ އަށް ދަރިން ތިބެއެވެ. ޝާއުލްގެފާނުގެ ޒަމާން އައިއިރު އޭނާ ހުރީ މުސްކުޅި ވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 17:12
18 ပူးပေါင်းရင်းမြစ်များ  

އަދި އެބައިމީހުން އަފްރާތާއަށް ދިޔަ މަގުމަތީގައި ބައިތުލަޙަމުގެ ސަރަހައްދުގައި ރާޙީލް ވަޅުލިއެވެ.


މި ބަސްތައް މި ލިޔަނީ ޔައްސާގެ ދަރި ދާއޫދުގެފާނެވެ. މިއީ މާތްކަލާނގެ މަތީ މަޤާމު ދެއްވެވި ބޭކަލެއްގެ ބަސްފުޅެވެ. އޭނާއަކީ ޔަޢުޤޫބުގެފާނުގެ ކަލާނގެ ރަސްކަން ދެއްވާފައިހުރި ބޭކަލެކެވެ. މިއީ އިސްރާއީލީންނަށްޓަކައި ރީތި މަދަހަ ހައްދަވައި ވިދާޅުވެ އުޅުއްވި ކަލޭގެފާނު ވެސް މެއެވެ.


ޔައްސާއަކީ ދާއޫދު ރަސްގެފާނުގެ ބަފައިކަލުންނެވެ. ދާއޫދުގެފާނަކީ ސުލައިމާނުގެފާނުގެ ބަފައިކަލުންނެވެ. (ސުލައިމާނުގެފާނުގެ މައިކަނބަލަކީ ކުރީން އޫރިއްޔާގެ އަނބިމީހާއެވެ.)


އީސާގެފާނު އުފަންވެ ވަޑައިގަތީ ޖުދެއާ ކަރައިގެ ބައިތުލަޙަމުގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައެވެ. އީސާގެފާނު އުފަންވެ ވަޑައިގެންނެވުމަށް ފަހު، އިރުމަތީ ސަރަހައްދުން ނަކަތްތެރިންގެ ބަޔަކު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


’⁠އޭ ޖުދެއާ ކަރައިގައި އޮތް ބައިތުލަޙަމެވެ! ތިޔަ އަވަށަކީ އަހުމިއްޔަތެއް ނެތް އަވަށެއް ނޫނެވެ. އެހެނީ ތިޔައަވަށުން ތިޔަބައިމީހުންގެ ތެރެއަށް ވެރިޔަކު އަންނާނެއެވެ. އޭނާ ހުއިހައްޕާ މީހެއް ފަދައިން ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންނަށް މަގުދައްކަވާނެއެވެ.⁠‘⁠“


އޭނާގެ ނަމަކީ އަލީމާލިކު އެވެ. އަންހެނުންނަކީ ނުޢުމީއެވެ. އޭނާގެ ދެ ދަރިންނަކީ މަޙުލޫންއާއި ކިލްޔޫން އެވެ. އެމީހުންނަކީ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު އަފްރާތީންގެ އައުލާދުގެ ބަޔެކެވެ. އެމީހުން މުއާބަށް އައިސް ވަޒަންވެރިވިއެވެ.


ދެން އަވަށްޓެރި އަންހެނުންތައް އައިސް ”⁠ނުޢުމީ އަށް ދަރިއަކު ލިބިއްޖެޔޭ⁠“ ކިޔައިފިއެވެ. އޭނާގެ ނަމަކަށް އެމީހުން ކީ ޢޫބީދު އެވެ. އޭނާއަކީ ޔައްސާގެ ބައްޕައެވެ. އެއީ ދާއޫދުގެފާނުގެ ބައްޕަވެސް މެއެވެ.


ޢޫބީދަކީ ޔައްސާގެ ބައްޕައެވެ. ޔައްސާއަކީ ދާއޫދުގެފާނުގެ ބައްޕަ އެވެ.


އަފްރާއިމުގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ރާމާތާއިމުއިންގައި އަލްޤާނާއޭ ކިއުނު މީހަކު އުޅުނެވެ. މީނާއަކީ އަފްރާއީމީ ދަރިކޮޅުގެ ޞޫފު އާއިލާގެ މީހެކެވެ. މީނާގެ ބައްޕައަކީ ޔަރޫހާމް އެވެ. ޔަރޫހާމްއަކީ އަލީހޫގެ ދަރިއެކެވެ. އަލީހޫއަކީ ތޫޙޫގެ ދަރިއެކެވެ. ތޫޙޫއަކީ ޞޫފުގެ ދަރިއެކެވެ.


މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“


އަރިހުބޭކަލުން ކުރެ އެކަކު ދެންނެވިއެވެ. ”⁠ބައިތުލަޙަމުގައި އުޅޭ ޔައްސާ ކިޔާމީހެއްގެ ދަރިޔަކު ވަރަށް މޮޅަށް ނަރުކޮއްޓި ކުޅޭތަން އަޅުގަނޑު ދުށިން. އަދި އޭނާއަކީ ކުޅަދާނަ ހިތްވަރުގަދަ ފަހުލަވާނެއް ވެސްމެ. އޭނާއަކީ ވާހަކަ ދެއްކުންތެރި ރީތި މީހެއް. އަދި އޭނާއާއެކު މާތްރަސްކަލާނގެ ވެސް ވޮޑިގެންވޭ.⁠“


ޝާއުލްގެފާނާއި އިސްރާއީލީންނަށް ފިލިސްޠީނުންގެ މިވާހަކަތަކުގެ އަޑު އިވުމުން މިވެރިން ވަރަށް ބިރުގެންފިއެވެ.


ޝާއުލްގެފާނު އެއްސެވިއެވެ. ”⁠އޭ ޒުވާނާ! ކަލޭ ތީ ކާކުގެ ދަރިއެއްތަ؟⁠“ ”⁠އަޅުގަނޑު މީ މަސާހިބުގެ ޚާދިމު ބައިތުލަޙަމުގެ ޔައްސާގެ ދަރިއެއް.⁠“ ދާއޫދު ދެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ