11 ޝާއުލްގެފާނާއި އިސްރާއީލީންނަށް ފިލިސްޠީނުންގެ މިވާހަކަތަކުގެ އަޑު އިވުމުން މިވެރިން ވަރަށް ބިރުގެންފިއެވެ.
ނުލަފާ މީހުން ފައްސާނުލިޔަސް ދުވެ ފިލައެވެ. ހެޔޮ މީހުން ސިންގާއެއްހާ ހިތްވަރު ގަދައެވެ.
ބައެއް ޢިބްރާނީން އުރުދުން ކޯރު ހުރަސްކޮށް ޖާދުއަށާއި ޖިލްޢާދުއަށް ވެސް ދަތުރު ކޮށްފި އެވެ. އެހެންނަމަވެސް ޝާއުލްގެފާނު ހުންނެވީ ޖިލްޖާލުގަ އެވެ. އެކަލޭގެފާނުގެ ކާރީގައި ތިބި ހަނގުރާމަވެރިން ބިރުން ރޫރޫ އަޅަމުން ދިޔައެވެ.
ދެން ފިލިސްޠީނުން ވެސް ބުނެފިއެވެ. ”އަހަރެމެން ވެސް މިއަދު ކަލޭމެން އިސްރާއީލުންނަށް ގޮންޖަހަން. އަހަރެމެންނާ ކުރިމަތިލެވޭ ވަރުގެ މީހަކު ފޮނުވާ.“
ދާއޫދުގެފާނަކީ ޔަހޫޛާގެ ބައިތުލަޙަމުގެ އަފްރާތީ ޚާންދާނުން އައިސްހުރި ޔައްސާގެ ދަރިއެކެވެ. ޔައްސާގެ އަށް ދަރިން ތިބެއެވެ. ޝާއުލްގެފާނުގެ ޒަމާން އައިއިރު އޭނާ ހުރީ މުސްކުޅި ވެފައެވެ.
އެހެންވެ އޭނާ މޮޔައަކަށް ހެދިގެންފިއެވެ. އޭނާ މޮޔައެއް ހެން ދޮރާށީގައި ވަކި އަޅައި ތުނބުޅިއަށް ސޮނިބާލަން ފަށައިފިއެވެ.
އިސްރާއީލުގެ މީހުން މިޞްފާތަށް ޖަމާވެގެން އުޅޭ ޚަބަރު އިވުމުން އެމީހުންނާ ހަނގުރާމައަށް ނުކުތުމަށް ފިލިސްޠީނުގެ ވެރިން ނިންމައިފި އެވެ. މި ޚަބަރު ލިބުމުން އިސްރާއީލުގެ މީހުން ބިރުގެންފިއެވެ.