22 ޝާއުލްގެފާނު ޔައްސާއަށް މި ގޮތަށް ޚަބަރު އެންގެވިއެވެ. ”ދާއޫދު އަހަރެން ކާރީގައި ހުއްޓަދީ. އެހެނީ އޭނާއަކީ އަހަރެންނަށް ވަރަށް ކަމުދާ މަޤްބޫލު މީހެއް.“
އެހެނަސް ލަބާން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”އަހަރެން ދޫކޮށްފައި ނުދޭ. މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ބަރަކާތް ލެއްވީ ތިބާ މިތަނުގައި ވުމުންކަން އަހަރެންގެ ފާލުން އެނގިއްޖެ.
އެހެންވީމާ، ޔޫސުފުގެފާނާއިމެދު ފޫޠީފާރުގެ މަޤްބޫލުކަން ބޮޑުވެ އޭނާގެ އެންމެގާތް ޚާދިމުގެ ގޮތުގައި އެކަލޭގެފާނު ހަމަޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް އިތުބާރު ކުރައްވައި އޭނާގެ އެންމެހާ މިލްކިއްޔާތު ތައް ހިންގައި ބެލެހެއްޓުމަށް ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ.
ދާއޫދު އައުމުން އެކަލޭގެފާނުގެ ޚާދިމުންގެ ތެރެއަށް އޭނާ ލެއްވިއެވެ. ޝާއުލްގެފާނު ދާއޫދާމެދު ހިތްޕުޅާ ހަމަވީވަރުން އެކަލޭގެފާނުގެ ހަތިޔާރު އުފުލާ މީހާގެ މަޤާމު އޭނާއަށް ދެއްވިއެވެ.
ޝާއުލްގެފާނުގެ ގާތަށް މާތްކަލާނގެ ބަދު ރޫޙެއް ފޮނުއްވުމުން ދާއޫދު އޫދު ކުޅެން ފަށައެވެ. އެއާއެކު އެ ބަދު ރޫޙު ދުރަށް ގޮސް ޝާއުލްގެފާނަށް ލުއިކަން ލިބިވަޑައި ގަންނަވައެވެ.