Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 16:20 - ކިތާބުލް މުޤައްދަސާ

20 އެހެންވެ ޔައްސާ ޝާއުލްގެފާނަށް އެރުވުމަށް ހަދިޔާ ތައްޔާރު ކުރިއެވެ. އޭނާ ހިމާރަކަށް ލާފައި ރޮއްޓާއި މޭބިސްކަދުރު ދިޔައިގެ ހަމަކާއި ޅަބަކަރިއެއް ދާއޫދުގެ އަތުގައި ފޮނުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 16:20
8 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރައްވައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަކަމުގައި އިތުރު އެހެން ގޮތެއް ނެތް ކަމުގައިވާނަމަ އަހަރެން މި ބުނާ ފަދައިން އަމަލުކުރޭ. މި ރަށުން ލިބެންހުރި އެންމެ ރަނގަޅު ބާވަތްތަކުން ކަލޭމެންގެ ގޯނިތައް ފުރާލާ. ބާމާއި، މާމުޔާއި، ހުވަނދާއި ޕިސްތާ ބަދަނާއި އަލްމަންޑުގެ އިތުރުން ހަވާދުގެ ބާވަތްތައް އެ ރަށުގެ އަމީރަށް ހަދިޔާގެ ގޮތުގައި ގެންދޭ.


ހަދިޔާއަކީ ދޮރު ހުޅުވައިދޭ އެއްޗެކެވެ. ހަދިޔާތައް، މުހިންމު މީހުންނާ ތިމާ ކައިރިކޮށްދެއެވެ.


އެކަމަކު ނުރުހުންތެރިވި ބައެއް މީހުން ބުންޏެވެ. ”⁠މީނާއަށް އަހަރެމެންނަށް ރައްކާތެރިކަން ދެވިދާނެތަ.⁠“ އެމީހުން ޝާއުލްއާ ނުރުހުންތެރި ވިއެވެ. އަދި ވެދުން ހުށަހެޅުމަކަށް އެމީހުންނެއް ނައައެވެ. ޝާއުލްގެފާނު އެނގިވަޑައިގަންނަވާ ކަމަކަށް ވެސް ނުހެއްދެވިއެވެ.


ދެން އެމީހުން ކަލޭގެފާނަށް ސަލާންގަލާން ކުރުމަށް ފަހު އެކަކު އޭނާގެ އަތުގައި ހުރި ޓުކުރިން ދެރޮށި ނަގައި ކަލޭގެފާނަށް ދޭނެ. ކަލޭގެފާނު އެ ނަންގަވާނެ.


ދެން ޝާއުލްގެފާނު ޔައްސާގެ ގާތަށް މީހަކު ފޮނުއްވިއެވެ. އެމީހާ ރަސްގެފާނުގެ ވިދާޅުބަސްފުޅު އިއްވިއެވެ. ”⁠ކަލޭގެ ކަންބަޅި ހުއިހައްޕަން އުޅޭ ދަރި ދާއޫދު މަގޭގާތަށް ފޮނުވާ.⁠“


އަދި މައިދާނުގައި ތިބި ހަނގުރާމަ ވެރިންގެ އިސް މީހާއަށް މި ދިހަ ޗީޒު ފަޅި ވެސް ގެންގޮސް ދީ. އަދި އަންނައިރު ކަލޭގެ ބޭބެމެން ހެޔޮހާލުގައި ތިބިކަން ދައްކައިދޭނެ ކޮންމެވެސް އެއްޗެއް ގެންނާތި.


އަބީޖާއިލް ހިނދުކޮޅެއް ވެސް ލަހެއް ނުކުރިއެވެ. އޭނާ ދުއިސައްތަ ރޮއްޓާއި ދެ ހަމުގެ މޭބިސްކަދުރު ދިޔައާއި ތިރީސް ހަތް ނާޅި ހަނާކުރި ގޮދަނާއި ނޮޅާފައިވާ ފަސް ކަންބަޅިއާއި މޭބިސްކަދުރު ކޭކުގެ ސަތޭކަ ކޭކާއި ވައްތީނި ބޯކިބާގެ ދުއިސައްތަ ކޭކާއި މި އެއްޗެހި ހިމާރަތަކަށް ލައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ