Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 16:18 - ކިތާބުލް މުޤައްދަސާ

18 އަރިހުބޭކަލުން ކުރެ އެކަކު ދެންނެވިއެވެ. ”⁠ބައިތުލަޙަމުގައި އުޅޭ ޔައްސާ ކިޔާމީހެއްގެ ދަރިޔަކު ވަރަށް މޮޅަށް ނަރުކޮއްޓި ކުޅޭތަން އަޅުގަނޑު ދުށިން. އަދި އޭނާއަކީ ކުޅަދާނަ ހިތްވަރުގަދަ ފަހުލަވާނެއް ވެސްމެ. އޭނާއަކީ ވާހަކަ ދެއްކުންތެރި ރީތި މީހެއް. އަދި އޭނާއާއެކު މާތްރަސްކަލާނގެ ވެސް ވޮޑިގެންވޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 16:18
16 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ޔޫސުފުގެފާނާއި އެކުގައި ވޮޑިގެންވެ އެކަލޭގެފާނަށް ބަރަކާތް ލެއްވިއެވެ. އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ ސާހިބުމީހާގެ ގޭގައި ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ.


އޭގެފަހުގައި ޖަލު ބެލެހެއްޓުމުގެ އިސްވެރިޔާ އެއިން އެއްވެސް ކަމަކާއި ކަންބޮޑުވެ ހާސްވާކަށް ނުޖެހެއެވެ. ސަބަބަކީ ޔޫސުފުގެފާނު އެންމެހާ ކަންތައްތަކަށް ސަމާލުކަން ދެއްވައި ފަރުވާތެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ ކަމެވެ. އެހެނީ މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވޮޑިގެންވެ، އެންމެހާ ކަންތައްތައް އޮމާންކަމާއެކު ކުރެވޭނޭ ގޮތުގެ މަތިން އެކަލާނގެ ޔޫސުފުގެފާނަށް ކާމިޔާބުކަން ދެއްވުމުގައި ވޮޑިގެންވިއެވެ.


ޔުއާބު އެ ގޮތަށް ކަންތައް ކުރީ މިދިމާވެފައިވާ ކަންތަކަށް ހައްލެއް ހޯދުމަށް. އަޅުގަނޑުގެ ސާހިބު ރަސްގެފާނު. ކަލޭގެފާނަކީ މާތްކަލާނގެ މަލާއިކަތެއްހާ ވިސްނުންފުޅު ގަދަ ބޭކަލެއް. މި ބިންމަތީގައި ހިނގާ ހުރިހާ ކަމެއް ކަލޭގެފާނަށް އެނގިވަޑައިގަންނަވާ.⁠“


އޭރުން ހަނގުރާމަވެރިންގެ ތެރޭގައި ތިބި ސިންގާތަކެއްފަދަ ހިތްވަރު ގަދަ މީހުން ވެސް ބިރުން ވިރިގެންދާނެ. އެގޮތަކީ އިސްރާއީލުގެ އެންމެންނަށް ވެސް އެނގޭނެ ކަލޭގެފާނުގެ ބައްޕާފުޅަކީ ކިހާ ވަރުގަދަ ހިތްވަރުފުޅު ގަދަ ހަނގުރާމަވެރި ފަހުލަވާނެއްކަން.


ކަލޭގެފާނަށް ވެސް އެނގިވަޑައިގަންނަވާނެ، ކަލޭގެފާނުގެ ބައްޕާފުޅާއި އެކަލޭގެފާނުގެ މީހުންނަކީ ގަދަފަދަ ހަނގުރާމަވެރި ބައެއް ކަން. އެމީހުންނަކީ ދަރިންކޮޅު ގެއްލިފައިވާ ވަލު ސާރިދޯޅަތަކެއް ފަދަ ނުރައްކާތެރި ބައެއް. އެހެންނޫނަސް ކަލޭގެފާނުގެ ބައްޕާފުޅަކީ ހަނގުރާމައިގެ ރޭވުންތެރި ކުޅަދާނަ ހުނަރު ވެރިއެއް. އެކަލޭގެފާނު މީހުންތަކުގެ ތެރޭ ރޭގަނޑަކު ނުހުންނަވާނެ.


ބުއްދިވެރިޔާއަށް މީހުންގެ ހެޔޮބަސްތައް ލިބެއެވެ. މޮޔަމީހާއަށް މީހުންގެ ނަފްރަތު ލިބެއެވެ.


މި ނިޝާންތައް ފެނުމުން ކަލޭގެފާނު ކަންތައް ކުރަން ފެނިލައްވާ ގޮތަކަށް ކުރައްވަންވީ. އެހެނީ މާތްކަލާނގެ އޭރުން ކަލޭގެފާނާ އެކު ވޮޑިގެންވާނެ.


ދެން އޭނާ ގެނުވައިފިއެވެ. އެއީ ލޮލުގެ ވިދުވަރު ގަދަ ކުލަ އަލި ސަމައްތަރު ހެޔޮ ސިފަ ރީތި ކުއްޖެކެވެ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިއީ އެމީހަކީ. ގޮސް އޭނާ އިސްކުރޭ.⁠“


ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠މޮޅަށް ނަރުކޮއްޓި ކުޅޭ މީހަކު ހޯދައިގެން މާގޭ ގާތަށް ގެނޭ.⁠“


ދެން ޝާއުލްގެފާނު ޔައްސާގެ ގާތަށް މީހަކު ފޮނުއްވިއެވެ. އެމީހާ ރަސްގެފާނުގެ ވިދާޅުބަސްފުޅު އިއްވިއެވެ. ”⁠ކަލޭގެ ކަންބަޅި ހުއިހައްޕަން އުޅޭ ދަރި ދާއޫދު މަގޭގާތަށް ފޮނުވާ.⁠“


ދާއޫދުގެފާނަކީ ޔަހޫޛާގެ ބައިތުލަޙަމުގެ އަފްރާތީ ޚާންދާނުން އައިސްހުރި ޔައްސާގެ ދަރިއެކެވެ. ޔައްސާގެ އަށް ދަރިން ތިބެއެވެ. ޝާއުލްގެފާނުގެ ޒަމާން އައިއިރު އޭނާ ހުރީ މުސްކުޅި ވެފައެވެ.


ޞަމޫއީލް ބޮޑުވެ ތަސައްރަފު ފުދެންދެން މާތްރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވިއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް އެންގެވި އެއްވެސް އެންގެވުމެއް ކައްޗަކާ ގޮސްފައެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ